ads
ކޮވިޑް-19
މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 30 އަށްވުރެ ދަށްވެއްޖެ
މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 30 އަށް ވުރެ ދަށްވެއްްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ޖުމްލަ 155 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިން ގިނަ މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

އެގޮތުން އަތޮޅުތަކުން 70 މީހެއް އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 31 މީހުންގެ އިތުރުން ހަދަމުން އަންނަ ރިސޯޓުތަކުން 26 މީހުންގެ އިތުރުން ، މާލެ ސަރަހައްދުން ޕޮޒިޓިވްވީ އެންމެ 28 މީހުންނެވެ. މިފަހަކުން އައިސް މާލޭ ސަރަހައްދުގެ ކޭސްތައް ވަނީ ބޮޑުތަނުން ދަށްވެފައެވެ. އިއްޔެވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 31 މީހުންނެވެ.   

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 73،482 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 69،378 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 27 މީހަކަށެވެ. 

އަދި މިހާތަނަށް ރާއްޖެއިން 209 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، ބަލިޖެހިފައިވާ 3883 މީހުން މިވަގުތުވެސް ރާއްޖޭގައި އެބަތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް