އެމެރިކާގެ ރޭޑިޔޯ ޝޯއެއް ކަމުގައިވާ ''މޯސްޓް ރިކުއެސްޓެޑް ލައިވް'' ޝޯގައި މިދިޔަ ހޮނިހިރު ދުވަހު ބައިވެރިވި ޝީރަން ވަނީ އޭނާގެ ސަޕޯޓަރުންނާއި މި އުފާވެރި ހަބަރު ހިއްސާ ކޮށްފައެވެ. މި ޝޯގައި ޝީރަން ބައިވެރިވެފައިވަނީ އޭނާގެ ލަވަ ''ބޭޑް ހެބިޓްސް'' ޕްރޮމޯޓް ކުރުމަށެވެ.
މި ޝޯގައި ވާހަކަދައްކަމުން ޝީރަން ބުނެފައިވަނީ އަނެއްކާ ވެސް ބީޓީއެސްއާއި އެކު މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ ކުރިން ވެސް ބީޓީއެސްއާއި އެކު ކޮށްފައިވާ މަސައްކަތަށް އެތައް ރެކޯޑެއް ލިބިފައިވާ އިރު ބީޓީއެސްއާއި އެކު އައު ރެކޯޑުތަކެއް ގާއިމު ކުރުމަށް އިތުރު ލަވައެއް ލިޔެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޝީރަން ދެކޭ ގޮތުގައި ބީޓީއެސް މެމްބަރުންނަކީ ވަރަށް ''ކޫލް'' ބައެކެވެ. އެކުގައި މަސައްކަތް ކޮށްލަން އެންމެ ރަނގަޅު އެކަށޭނެ ބައެކެވެ.