ads
ެއެހީގެ އެއްބަސްވުމުގެ ސޮއިކުރުން--ފޮޓޯ: ޖެންޑާ
ގެވެށި ގުޅުން ކެމްޕެއިނަށް ޕާކިސްތާނުން 3 މިލިއަނެއްހާ ރުފިޔާ ހަދިޔާކޮށްފި
މި ސަރުކާރުން ހިންގަމުން އަންނަ “ގެވެށި ގުޅުން” ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ޕާކިސްތާނު ސަރުކާރުން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ ހާލާ ޙަމީދު އެވެ. އަދި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރް އެވެ.

މި ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން ހަދިޔާކޮށްފައިވަނީ ދެ މިލިއަން ނުވަ ލައްކަ ހަތްދިހަ ދެހާސް ދުއިސައްތަ ފަސް ދިވެހި ރުފިޔާ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު ޖޮއިންޓް މޮނީޓަރިން މެކޭނިޒަމްއާއެކު ޕާކިސްތާން ސަރުކާރުން “ގެވެށި ގުޅުން ކެމްޕޭން”އަށް ދެއްވާ ރަސްމީ އެހީ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މި ކެމްޕޭން އިތުރަށް ފުޅާކޮށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ގެވެށި ގުޅުން ކެމްޕޭނަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޖުލައި 2020 ގައި ޖެންޑާ މިނިސްޓްރީން ފެށި ކެމްޕެއިނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް