ads
ކޮވިޑްގައި މަރުވި މީހެއް ވަޅުލުމުގެ ކަންކަން ކުރިއަށް ދަނީ
ކޮވިޑް ބަލި ޖެހި ރަނގަޅުވާ މީހުން ދެން ކަރަންޓީނުވާން ނުޖެހޭނެ
ކޮވިޑް-19 ޖެހުމަށް ފަހު ބަލިން ރަނގަޅުވާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އަނެއްކާ ވެސް އުސޫލު ބަދަލުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޕްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

އެގޮތުން ބަލި ޖެހި، ރަނގަޅުވެފައިވާ މީހުން 60 ދުވަސް ތެރޭގައި ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ކަރަންޓީނުވާން އަންގާފައިވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. އޭގެ ކުރިން ބަލި ޖެހި ރަނގަޅުވާ މީހުންނަށް ކަރަންޓީނު ނުވެ 90 ދުވަހު ދަތުރުކުރެވެއެވެ.

"ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނު ވުމަކާއި ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން އެބަ ލިބިދޭ" ރައީސް ވިދާޅުވިއެވެ.

 

މީގެ އިތުރުން ސަރުކާރުން މިއަދު އިއުލާނުކުރި ލުއިތަކުގެ ތެރޭގައި ކާފިއު ގަޑި މަދުކުރުމާއި، ކާފިއު ނޫން ގަޑިތަކުގައި ޕާމިޓް ނުލާ އުޅެވުމާއި، މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން ހުޅުވާލުމުގެ އިތުރުން ރެސްޓޯރެންޓުތައް ހުޅުވާލުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް