ads
ހީނާ ހާން އާއި އަމްނާ--
ކޮމޯލިކާގެ ރޯލުން އަމްނާ ފެންނާނެ ގޮތް ދައްކާލައިފި
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމޯލިކާގެ ރޯލުން ދެން ފެންނާނީ އަމްނާ ޝަރީފެވެ. ހީނާ ހާނު ކުރިން އެ ރޯލުން ފެނިގެންދިޔަ ނަމަވެސް ހީނާ މިވަނީ ޝޯ ދޫކޮށްލާފައެވެ.
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމޯލިކާގެ ރޯލުން ދެން ފެންނާނީ އަމްނާ ޝަރީފެވެ. ހީނާ ހާނު ކުރިން އެ ރޯލުން ފެނިގެންދިޔަ ނަމަވެސް ހީނާ މިވަނީ ޝޯ ދޫކޮށްލާފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ އަލާދީންގައި ޕްރިންސަސް ޖޭޒްމީން ފެނިގެންދާ ކަހަލަ ގޮތަކަށެވެ. މިއީ ކޮމޯލިކާގެ ރޯލަށް އޭނާ ތައްޔާރުވެފައި ހުއްޓާ އާންމުވި ފުރަތަމަ ފޮޓޯ ވެސް މެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސްޓާ ޕްލަސްއިން އާންމުކުރި ޓީޒާއިން ވަނީ ހީނާ ޕްލާސްޓިކް ސާޖަރީއެއް ހަދާ މަންޒަރު ފެނިފައެވެ. އެގޮތުން ޝޯ ދޫކޮށް ހީނާ ގޮސްފައިވާތީ ގުޅުވާލުމުގެ ގޮތުން ވަނީ ޕްލާސްޓިކް ސާޖަރީއެއް އޭނާ ހަދައި ބަދަލުވާ ގޮތް ދައްކާފައެވެ.

އޭކް ވިލެން ފަދަ ފިލްމުތަކުން ފެނުނު އަމްނާ ވަނީ އެކްތާ 2003 ވަނަ އަހަރު ޕްރޮޑިއުސްކުރި ކާމިޔާބު ޝޯއެއް ކަމަށްވާ ކަހީން ތޯ ހޯގާއިން ވެސް ފެނިފައެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޮމޯލިކާގެ ރޯލުން ފެނުނީ، އުރްވަޝީ ދޮލާކިއާ އެވެ. ކަސޯޓީގެ ދެވަނަ ބައިގައި ކޮމޯލިކާގެ ރޯލަށް ހީނާ ނެގުމާއެކު ވެސް އުރްވަޝީ ފަދައިން ކޮމޯލިކާގެ ރޯލު ކުޅެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެކަމަކު ޝޯ ފެށުނުތާ މިހާރު ދުވަސްތަކެއް ވެފައި ވާއިރު ހީނާގެ އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

މިހާރު ޝޯ ދޫކޮށް ހީނާ ދާތީ ވެސް ބެލުންތެރިން ވަނީ ހިތްހަމަނުޖެހިފައެވެ. އެގޮތުން އެރޯލު ހީނާ ފަދައިގެން ކުޅެލެވޭނެތޯ މިއީ ބެލުންތެރިން އުފައްދާ ސުވާލެކެވެ.

ސްޓާ ޕްލަސް އިން ދައްކަމުން، އަންނަ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި އަކްޝަރާގެ ރޯލުން މަގްބޫލުކަން ހޯދި ހީނާ، ކޮމޯލިކާގެ ރޯލު ދޫކޮށްލީ ބޮލީވުޑުގައި މަސައްކަތް ކުރަން ލިބުމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް