ads
ބެންގަލޫރުގެ ޖުއާނަން
މާލޭގައި ކޮވިޑު ޕްރޮޓޮކޯލާ ޚިލާފުވި ކުޅުންތެރިއަކު ބެންގަލޫރުން ދޫކޮށްލައިފި
މާލޭގައި ކޮވިޑު ޕްރޮޓޮކޯލާ ޚިލާފުވި، ބެންގަލޫރު އެފްސީގެ ޑިފެންޑަރު ޖުއާނަން ގޮންޒާލެޒް އެ ކުލަބުން ދޫކޮށްލައިފިއެވެ. އެކަން އެ ކްލަބުންވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

ސްޕެއިންއަށް އުފަން ޖުއާނަންއަކީ، މީގެ ދުވަސްކޮޅެއް ކުރިން އޭއެފްސީ ކަޕުގެ ޕްލޭ އޮފް މެޗަކަށް މާލެ އައިސް ތިބި ތިބުމުގައި ކަރަންޓީނު އުސޫލުތަކާ ޚިލާފަށް މަގުމައްޗަށް ނުކުތް ދެ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އެހެންނަމަވެސް ބެންގަލޫރު އެފްސީން އޭނާ ދޫކޮށްލީ އެ ސަބަބާ ހުރެ ކަމެއް އެނގިފައެއް ނުވެއެވެ. ބެންގަލޫރު އެފްސީން ބުނީ، ޖުއާނަންގެ ކޮންޓްރެޓް އުވާލީ ދެ ފަރާތުން އެއްބަސްވެގެން ކަމަށެވެ.

ޖުއާނަންއާއި އެކު، ކަރަންޓީނު އުސޫލާ ޚިލާފަށް ބޭރަށް ނުކުތް އަނެއް ކުޅުންތެރިއަކީ އެރިކް ޕާޓަލޫއެވެ. ދެން ބެންގަލޫރު އެފްސީން، މަގުމައްޗަށް ނުކުތީ ކޯޗިން ސްޓާފެކެވެ.

ޖުއާނަންއަކީ ބެންގަލޫރު އެފްސީގެ ވޭތިވެދިޔަ ފަސް ސީޒަންގައިވެސް ދިފާއުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ. އޭނާވަނީ ބެންގަލޫރު އެފްސީއަށް ސަތޭކައަށްވުރެ ގިނަ މެޗު ކުޅެފައެވެ. އޭނާވަނީ އޭއެފްސީ ކަޕުގައި ރާއްޖޭގައިވެސް ބެންގަލޫރު އެފްސީ ޓީމުގައި ހިމެނި އެތައް މެޗެއް ކުޅެފައެވެ. ބެންގަލޫރު އެފްސީގެ ކޮންޓްރެކްޓް ޖުއާނަން އެންމެ ފަހުން އާކޮށްފައިވަނީ މި ދިޔަ އަހަރު ފެށުނު އިރުއެވެ. އޭރު ދެ އަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އާ ކުރިއިރު އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް