އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އަންގާރަ ދުވަހު އިޒްރޭލުގެ ފޮރިން މިނިސްޓަރު ވަނީ އެމްބަސީ ހުޅުވުމަށް ޔޫއޭއީއަށް ވަޑައިގެންފަ އެވެ. ފޮރިން މިނިސްޓަރުގެ ޒިޔާރަތާއެކު ގުޅުން ގާއިމް ކުރެވުނު ފަހުން މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މަޝްވަރާތަށް ފެށިގެންދިޔައެވެ.
އަންގާރަ ދުވަހު އޮތް އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޔައިރް ލަޕިދް ވަނީ "މިއީ ތާރީހީ ވަގުތުކޮޅެއް" ކަމަށް ވިދާޅުވެފައެވެ.
ލަޕިދުގެ މިދަތުރުފުޅުގައި ޔޫއޭއީގެ ފޮރިން މިނިސްޓަރާއި އަބޫދާބީގައި ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. މަޝްވަރާތައް ބޮޑަށް ގުޅިފައިވަނީ އީރާނާއި ގުޅޭ ގޮތުން ކަމަށް ބެލެވެއެވެ. އެ ދެގައުމުން ވެސް ދެކެނީ އީރާނަކީ އެ ސަރަހައްދުގެ ސަލާމަތައް އޮތް ނުރައްކަލެއް ގޮތުގައެވެ.