ads
ރަންބީރު ކަޕޫރު
ރަންބީރު ފުރަތަމަ ފިލްމު ޑައިރެކްޓްކުރަން ތައްޔާރުވަނީ
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު، އެކްޓިންއިން އެއްފަރާތްވެ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

 މިއީ އޭނާގެ ފިލްމީ ހަޔާތުގެ އާ ބާބެއްގެ ފެށުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ރަންބީރު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ފެށުމަށް ނިންމާފައިވަނީ އޭނާގެ ކާފަ، މަޝްހޫރު ފިލްމު އުފައްދުންތެރިޔާ ރާޖު ކަޕޫރު 1948 ވަނަ އަހަރު ި އާރްކޭ ސްޓޫޑިއޯސްއަށް އާ ދިރުމެއް ގެނައުމުގެ ބޭނުމުގައެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ސްޓޫޑިއޯގެ ތާރީހީު ތަރިކަ ދަމަހައްޓައި، ޒަމާނީ ފިލްމު އުފެއްދުމުގެ މަރުކަޒެއްގެ ގޮތުގައި އެތަން ތަރައްގީކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް