ރާއްޖޭން ބޭރަށް ފުރާ މީހުންނަށް ބޭންކުން ދޫކުރުމަށް ގެންދިޔަ 130،000 ޑޮލަރު ފޭރި ގަތީ ހަތަރު މީހަކު ފަތިހު އެއަރޕޯޓަށް އަރައެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ލ. މާވަށް ރޭޝަމް، މާޒިން މޫސާ، މ. ކޯރަސް، އަހުމަދު ރައިހާން ނައީމް އަދި ކ. ގުރައިދޫ އަޅިވިލާގޭ، އިބްރާހިމް އަނޫފް އަދި ހަމަ އެގޭ ހުސައިން ޝަހުދުއެވެ. މި ގްރޫޕް އެއަރޕޯޓުން ފޭރުނީ މޫނު ނިވާކޮށްގެން ތިބެއެވެ.
ފޭރިގަތް ޑޮލަރުތައް ހިފައިގެން، އެ ދުވަހުގެ ހެނދުނު 8:45 ގައި އެ މީހުން ވަނީ ހުރައަށް ގޮސްފަ އެވެ. އެ މީހުން ހައްޔަރުކުރީ އެ ރަށުންނެވެ.