ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް މިފަހުން ގެނެވުނު ބަދަލުތަކާ ގުޅިގެން، ނިމުނު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުވެސް އެގައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަންޖެހޭނެ އެވެ.
މި އުސޫލުގެ ދަށުން، ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ފުރުމުގެ 48 ގަޑިއިރާއި 24 ގަޑިއިރާ ދެމެދު، https://eta.gov.lk/slvisa މި ލިންކް މެދުވެރިކޮށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން ފޯމް ފުރިހަމަކުރަންޖެހެ އެވެ.
ނަމަވެސް ލަންކާގެ އިމިގްރޭޝަނުން މިހާރު ވަނީ، އެ ނިންމުން ބާތިލްކޮށް އެކަން އިއުލާނުކޮށްފަ އެވެ. އެ ގައުމުގެ އިމިގްރޭޝަނުން ބުނީ މި ނިންމުން "އިތުރަށް އެއްޗެއް އަންގަންދެން" ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށާއި އެހެންވެ ކޮންމެ ފަސިންޖަރަކު ވެސް މިހާރު އަމަލުކުރަން ޖެހޭނީ މިދިޔަ މަހުގެ 15 ކުރިން އަމަލުކުރަމުން އައި ގޮތަށް ކަމަށެވެ.