ads
ކްރިޝް ގެ ތަރި ރިތިކް ރޯޝަން
ފޭނެއް ލިޔުނު "ކްރިޝް 4"ގެ ސްޓޯރީ ލައިނަށް ރިތިކްގެ ރިޕްލައި
ޓުވިޓާގައި ރިތިކް ރޯޝަންގެ ފޭނެއް ލިޔުން "ކްރިޝް 4"ގެ ސްޓޯރީ ލައިނަށް ރިތިކްގެ ޖަވާބު ދީފިއެވެ.

ރިތިކް ރޯޝަންގެ ފޭނުން ދިގު އިންތިޒާރަކަށް ނިމުން އަންނަ ކަމުގެ ކޮޅުމަތި މިވަނީ ފެންނަން ފަށާފައެވެ. އެއީ "ކްރިޝް 4" ކަށް ކުރަމުން އައި އިންތިޒާރެވެ.

ކްރިޝްގެ ފުރަތަމަ ފިލްމު އުފެއްދިތާ 15 އަހަރު ފުރުމާއި ގުޅިގެން  އިންސްޓަގްރާމުގައި ރިތިކް ވަނީ"ކްރިޝް 4" އުފެއްދުމަށް ހިޔާލުކުރާ ކަން ހާމަކޮށްފައެވެ.

އެފިލުމްގައި ވެގެން ދާނެ ގޮތަކައި މެދު ގިނަ ބަޔަކު އަންނަނީ އެމީހެއްގެ އަމިއްލަ ހިޔާލުތައް ބަދަލު ކުރެވި އެކަމާމެދު ބަހުސް ކުރެވެމުންނެވެ. އެ ގޮތުން ރިތިކް ގެ ފޭނެއްވަނީ އެ ފިލުމްގެ ސްޓޯރީ ލައިން އަމިއްލަ ހިޔާލުގެ މައްޗަށް ލިޔެ ޓުވީޓް ކޮށްފައެވެ. އަދި އެ ޓުވީޓް ރީޓުވީޓް ކޮށް ރިތިކް ބުނެފައިވަނީ އެ ސިފަކޮށް ލުމަކީ ސަތޭކައިގެ ސިފަ ކޮށްލުމެއް ކަމަށެވެ.

އެ ސްޓޯރީ ލައިންގައި ތަފާތު ކަން ކަން ވަނީ ހިމަނާފައެވެ. 

your imageފޭން ގެ ސްޓޯރީ ލައިން

your imageރިތިކްގެ ރިޕްލައި

"ކްރިޝް" މި ފިލުމަކީ 2006 އިން ފެށިގެން ކުރިޔަށްދާ ގިނަ ބައެއްގެ ޝައުގުވެރިކަން އެފިލުމަކަށް ލިބިފައިވާ ފިލުމެކެވެ.  އެ ފިލުމުގެ 3 ވަނަ ބައި ނިކުމެފައިވަނީ 2013ވަނަ އަހަރުއެވެ.

މިއީ ރާކޭޝް ރޯޝަން އުފައްދާފައިވާ ސައިންސް ފިކްޝަނަލް ސުޕަހީރޯ ފިލެމެކެވެ.

 މި ފިލްމު އުފެއްދުމުގައި ހޮލީވުޑްގެ ޕްރޮފެޝަނަލް މީހުންނާއި ޗައިނާގެ މާޝަލް އާޓްސް ތަޖުރިބާކާރުންގެ އެހީ ހޯދާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް