ads
މަޖިލީހުގެ އިދާރާ---
އަލުން މަޖިލީހުގެ ތަޅަމުގައި ޖަލްސާތައް ބާއްވަން ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅަމުގައި އަންނަ ހަފްތާއިން ފެށިގެން ބޭއްވެން ފެށޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ދަންނަވާ ވާހަކަތަކުގެ ތެރެއިން ފުރަތަމަ ވާހަކައަކަށް ފާހަގަކޮށްފައިވަނީ އިއްޔެ ސަރުކާރުގެ ފަރާތުން އިއުލާންކުރި ލުއިތަކާއި ގުޅިގެން، އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފެށޭނެ ކަމަށެވެ. 

އީވާ ވިދާޅުވީ، މުޅި އަހަރުތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވަމުންދިޔައީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް މާސްކުއަޅައި ގައިދުރުކޮށްގެން އަދި މަޖިލީހުގެ އެތޭރޭގައި ހޭދަކުރާ ވަގުތުތައްވެސް ވީހާވެސް ކުޑަކޮށްގެން ކަަމަށެވެ. އެހެންނަމަވެސް އަންނަ ހަފްތާއިން ފެށިގެން ފިޒިކަލީ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލިސް ތަޅުމުގައި ޖަލްސާތައް ބޭއްވޭތޯ ބަލާނެކަމަށް އީވާ ވިދާޅުވިއެވެ. 

"އިއްޔެ ސަރުކާރުގެ ފަރާތުން އިއުލާންކުރި ލުއިތަކާއި ގުޅިގެން، އަޅުގަނޑު މި ގަބޫލުކުރަނީ އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފެށޭނެ ކަމަށް" އިވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ، އެކަމާއި ހެލްތު މިނިސްޓްރާއި މަޝްވަރާކުރަމުންދާ ކަމަށާއި، އެކަން ކުރާނީ އެ މިނިސްޓްރީން ދެއްވާ އިރުޝާދުގެ މަތިން ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް މިހާރު ބާއްވަމުންދަނީ އޮންލައިން ކޮށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުުން ދޭން ނިންމާފައިވާ ބޮޑެތި ލުއި ތަކެއް އިއުލާންކުރައްވާފައެވެ. 

ނޫސްވެރިންގެ ބައްދަލުމުގައި ރައީސް ސޯލިހު ވިިދާޅުވީ، ކޮވިޑް-19 ގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނާތީ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ލުއިތައް ދޭން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެގޮތުން މިހާރު އިއުލާނުކޮށްފައިވާ އޮތް ކާފިއުގެ ވަގުތު ކުޑަކުރުމަށް ވަނީ ނިންމާފައެވެ. ޖުލައި މަހުން ފެށިގެން ކާފިއު ހިންގާނީ ރޭގަނޑު 08:00 އިން ފަތިހު 04:00 އަށެވެ.

ހަމައެހެންމެ ކާފިއު ނޫން ގަޑިތަކުގައި ވެސް ޕާމިޓް ހިފައިގެން އުޅެން ޖެހޭ އުޅުން ވެސް ވަނީ ނިމުމަކަށް ގެނައުމަށް ނިންމާފައެވެ.

އިތުރަށް ދިން ލުއިތަކުގެ ތެރޭގައި ބަލި ޖެހި ރަނގަޅުވާ މީހުން ކަރަންޓީނު ނުވެ ދަތުރުކުރެވުމާއި، ރެސްޓޯރެންޓުތަކާއި ވިޔަފާރިތައް ކާފިއު ނޫން ގަޑިތަކުގައި ހުޅުވާލުމުގެ އިތުރުން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރަން ފެށުން ހިމެނެއެވެ. މީގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ވެސް ވަނީ ހުޅުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް