ads
ރ. މީދޫގެ މަގެއް---
ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދޭތީ މީދޫ ފުރަބަންދަކަށް
ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދޭތީ، ރ. މީދޫ ފުރަބަންދުކުރަން ނިންމައިފިއެވެ.

އެރަށު ބޯޓުން ދަތުރުކުރާ ބޯޓެއްގެ ހަތަރު ފަތުރުވެރިން ޕޮޒިޓިވްގެން މީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދުއެވެ.

މީދޫ ކައުންސިލުން ބުނީ ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުން، ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދޭތީ މިއަދު އިރުއޮއްސި 06:00 އިން ފެށިގެން، ހަތަރު ދުވަހުގެ މުއްދަތަކަށް ރަށް ލޮކްޑައުން އަކަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.

ފުރަބަންދު ކުރުމާއެކު، ޒަރޫރީ ބޭނުންތަކަށް ބޭރަށް ވަޑައިގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ކުރުމަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގައިގެން ކޮންމެ ދުވަހަކުވެސް ހެނދުނު 06:00 އިން 10:00 އަށް، ކޮންމެ ގޭބިސީއަކުން މީހަކަށް ދެވޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކޮށް ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލަން ވަނީ ނިންމާފައެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓުތަކުން ވެސް ޑައިން އިން ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް