ads
ޒިކުރާ މިސްކިތް
މިރޭ ފަތިސް ނަމާދުން ފެށިގެން ގައިދުރުކަމާއެކު މިސްކިތުގައި، ޖަމާއަތުގައި ނަމާދުކުރާނެ
މާލޭ މިސްކިތްތަކުގައި މިރޭ ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ކަމަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މާލޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިސްކިތްތަކުގައި ނަމާދުކުރަން ނިންމާފައިވަނީ ގައިދުރުކަމާއެކުގައެވެ.

މިނިސްޓްރީން ވަނީ ނަމާދުކުރުމުގެ ހުއްދަ ދިން ނަމަވެސް މިސްކިތަށް ދިއުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށާއި މުސައްލަ ގެންދިއުމަށް ވަނީ ބުނެފައެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފައިވަނީ މިދިޔަ މެއި މަހުގެ ފަހުކޮޅުގައި މާލޭގެ ކޮވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް