ads
ރިލްވާންގެ މަންމަ --
ރިލުވާނުގެ މަރު:އާއިލާއިން އެދެނީ މަރުކޮމިޝަނަށް އެއްބާރުލުން ދިނުން
ރިލުވާނުގެ މަރުގެ މައްސަލާގައި އާއިލާއިން އެދެނީ މަރުކޮމިޝަނަށް އެއްބާރުލުން ދިނުން ކަމަށް އާއިލާގެ ފަރާތުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރެފައިވާ ވީޑިއޯގައި، މ.ޝައިނިން ސްޓާ އަހުމަދު ރިލްވާން އަބްދުﷲގެ މަރާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތު އެކޮމިޝަނާއި ހިއްސާ ކޮށްދިނުމަކީ އާއިލާގެ ފަރާތުން އެދޭ ކަމެއްކަމުގައި ބުނެފައިވަނީ އޭނާގެ ދައްތައެވެ. 

7 އޮގަސްޓް 2014ވީ ބުރާސްފަތި ދުވަހުގެރޭ ގަދަކަމުން ރިލުވާން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާގުޅޭ މައުލޫމާތު ހުރި ފަރާތްތައް އަދިވެސް ތިބެދާނެކަމަށް ކަމިޝަނުން ގަބޫލު ކުރާ ކަމަށް އެކޮމިޝަނުން ނެރުނު ވީޑިއޯގައި ބުނެފައިވއެވެ. ރިލްވާނުގެ މަރުގެ މައްސަލަ ސާބިތު ކުރެވޭ ވަރުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަރުފިޔާ ދޭން ނިންމާފައިވާކަމަށްވެސް އެކޮމިޝަނުން ބުނެއެވެ. 

ރިލްވާނުގެ މައްސަލާގައި އެކަމާގުޅުންހުރި މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ ލަސްނުކޮށް އެކޮމިޝަނަށް މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެކޮމިޝަނުން އެދިފައިވެއެވެ. ކޮމިޝަނުން ނެރުނު ވީޑިއޯގައި ރިލުވާން އެރޭ ސައިކަލުގައި ދިޔަތަންތާގެ މަންޒަރުތަކާއި ، ހިނގާފައި ދިޔަ ތަންތަނުގެ މަންޒަރުތައް ހިމަނާފައިވެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް