އިޔާޒު ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކަކާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްތަކަކާ ގުޅިގެން މާޗް މަހު، 14 ދުވަހަށް އިޔާޒު މަގާމުން ސަސްޕެންޑް ވެސް ކުރި އެވެ.
އެ ފަހަރު އިޔާޒުގެ ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު ދިނުމަށްފަހު އެވެ.
މީގެ ކުރިން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އިޔާޒުގެ މައްސަލަ ބެލީ އެމްއެންޔޫގެ ހާއްސަ ކޮމިޓީ އަކުން ކަމަށެވެ.
އަންހެނުން ހިތާނު ކުރަން ހިތްވަރު ދެއްވާ ކަމަށް ބުނެ، އިޔާޒާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެކަމާ ގުޅިގެން އިޔާޒު ވިދާޅުވީ އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ.
ޕްރެޝަރު ތަކާ ގުޅިގެން އިޔާޒު ވިދާޅުވެފައިވަނީ އަންހެން ކުދިން ހިތާނު ކުރަން އޭނާ އެއްވެސް އިރަކު ހިތްވަރު ނުދެއްވާ ކަމަށެވެ. އަދި ހިތާނު ކުރުމަށް މީހަކު ކައިރީގައި ވެސް ނުބުނާ ކަމަށެވެ. އެންނަމަވެސް އެއީ އިސްލާދީނުގައި ނެތްކަމެއްކަމަށް ބައެއް އިލްމުވެރިން ވާހަކަ ދައްކާތީ ކަން އޮތް ގޮތް ހާމަ ކުރެއްވީކަމަށެވެ.