ads
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ފޮޓޯ: އެމްޓީސީސީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ދަތިކަމަށް ހައްލު ގެންނަނީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ދަތިކަމަށް އަވަސް ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު މިއަދު ބޭއްވި އޮންލައިން ބައްދަލު ވުމުގައެވެ.

ކުޅުދުއްފުށީގެ ގިނަ ކަންކަމާ ބެހޭގޮތުން މައުލޫމާތު ބަދަލު ކުރެވުނު މިބައްދަލު ވުމުގައި ކައުންސިލުތަކަށް ލާމަރުކަޒީ ޤާނޫނުން ގިނަ ބާރުތަކެއް ލިބި، ބައެއް ޕްރޮޖެކްޓްތައް ވެސް ކައުންސިލުތަކުން އަމިއްލައަށް ހިންގޭގޮތަށް އޮތްނަމަވެސް ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަޤީންކަން ރައީސް ސޯލިހު ދެއްވިއެވެ. ރައީސް އޮފީހުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލުތަކަށް ދިނުމުގައި ދެމި އޮންނާނެކަމަށާއި ބޭނުންވަނީ މުޅި ނިޒާމު ކާމިޔާބުކަމާއެކު ހިނގައި ކުރިޔަށްދިއުންކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މިބައްދަލު ވުމުގައި ކުޅުދުއްފުށީގެ ހައުސިން އާއި ކުންޏާއި، ސިއްހީ ކަންކަމާއި، މަގުތަކާބެހޭ ގޮތުން ވާހަކަ ދެކެވިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް