ވިއެޓްނާމްގެ ނިއުސް އެޖެންސީ (ވީއެންއޭ) އިން ބުނީ ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ ގައުމުގެ އާ ރައީސަކަށް ލަމް ގެންނަން ނިންމާފައިވާ ކަމަށެވެ.
ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުކަމާ 2016 ގައި ހަވާލުވެވަޑައިގެންނެވި ލަމްއަކީ ވިއެޓްނާމްގައި އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ވިއެޓްނާމްގެ އާ ރައީސަކު ހޮވަން ނިންމީ ކުރީގެ ރައީސް ވޯ ވެން ތޮއުންގް މިދިޔަ މާޗް މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ތޮއުންގް އަކީ ދެ އަހަރު ތެރޭގައި މަގާމުން ވަކިވެވަޑައިގެންނެވި ދެވަނަ ރައީސްއެވެ.
އާ ރައީސަކަށް ވެރިކަންކުރާ ޕާޓީން ލަމް ނޮމިނޭޓްކުރުމާ ގުޅިގެން މިކަމާ ވިއެޓްނާމުގެ ގާނޫނު ހަދާ މަޖިލީހުން އަންނަ ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ.