ކޮމެޑީ އެކްޓަރު ބްރަހްމަނަންދަމްގެ ހަބަރެއް ނެތް، ސަޕޯޓަރުން މާޔޫސްވެފައި
10 އޮކްޓޯބަރ 2019 - 13:12:52
ތެލުގޫގެ މަޝްހޫރު ކޮމެޑީ އެކްޓަރު ބްރަހްމަނަންދަމް ކަންނެގަންތީ ވަނީ މިއަހަރު ޖެނުއަރީ މަހު ހިތުގެ ސާޖަރީ އެއް ހަދާފައެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް އޭނާގެ ދަރިން ވަނީ ބުނެފައެވެ.

ގިނަ ސަޕޯޓަރުން އޭނާގެ ހަބަރެއް މިހާރު ނެތުމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި ސަޕޯޓަރުން އަންނަނީ އެކަމާ ހިތާމަ ފާޅުކުރަމުންނެވެ. އަދި އޭނާގެ ސިއްހީ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ސަޕޯޓަރުން ވަނީ އެދިފައެވެ.
އުމުރުން 62 އަހަރުގެ ބްރަހްމަނަންދަމަކީ ފިލްމު އިންޑަސްޓުރީގައި ބޮޑު އާމްދަނީ އެއް ލިބޭ އެކްޓަރެކެވެ. ބްރަހްމަނަންދަމް ފިލްމަކުން ފެނުމަކީ ކޮންމެ ފިލްމަކަށް ވެސް އިތުރު ފުރިހަމަ ކަމެއް ލިބެއެވެ.
ގިނަ އެވޯޑުތަކެއް ލިބިފައިވާ ބްރަހްމަނަންދަމު ވަނީ މަޝްހޫރު އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ވިނޯދަމް" އާއި "ރެޑީ" އާއި "ރޭސް ގަރަމް" އާއި "މަންމަދޫދު" އާއި "ކޮންޗަމް އިޝްތަމް ކޮންޗަމް ކަޝްތަމް" އާއި "ދޫކުޑު" އާއި "ބާދްޝާހު" "ރިބެލް" އަދި "ސަރައިނޮޑު" ފަދަ ފިލްމުތައް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް