އެ ސިޓީ ގެ ސެކިއުރިޓީ ޗީފް ބުނެފައިވާ ގޮތުގައި އެ ޕޮލިސް އޮފިސަރަށް ހަމަލާ ދީފައިވަނީ 50 އަހަރުގެ މީހެއްކަމަށެވެ.
މި ހާދިސާ ހިނގާފައިވާ ހިސާބު ގަނޑުގައި އިން ސީސީޓީވީ ކެމެރާއަކަށް ފޫޓޭޖް އިން ދައްކާ ގޮތުގައި އެ މީހާ ޕޮލިސް އޮފިސަރަށް ހަމަލާ ދިނުމަށް ފަހު ވަނީ އަމިއްލައަށް މަރުވެފައިއެވެ.
އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހާ އަދި އެއީ ކާކުކަމެއް އިނގިފައެއްނުވާކަމަށެވެ. ޒަހަމްވި 28 އަހަރުގެ ޕޮލިސް އޮފިސަރުވަނީ ޒަހަމްތަކުގެ ސަބަބުން ބޮޑު އޮޕަރޭޝަނެއްކުރަން ޖެހިފައެވެ.
މި ހާދިސާ ހިނގާފައިވަނީ ސޯގޯ މޯލްގެ ބޭރުގައިއެވެ.