އެނާ ބުނީ އޭނާ ގިނަ ފަހަރު ޝޮޓްތެރޭގައި ރޯން އުނދަގޫވުމުން ގިނަ ފަހަރު ބޭނުން ކުރަނީ ބާމުކަމަށެވެ. ނަމަވެސް އޭނާ ކަމަކާ ދޭތެރޭ ދެރަވެފަ ހުރެއްޖެނަމަ އެދުވަހަކު ހަމަ އަސްލަށް ވެސް ރޯމަންޒަރު ކުޅޭކަށް އޭނާ އަށް އެއްވެސް އުނދަގުލެއްނޫން ކަމަށެވެ.
ޝިފާ ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެންދިޔައީ ޓިކްޓޮކްއިންނެވެ. ނަމަވެސް ޝިފާ އިންޓަވިއުގައި ބުނީ އޭނާ ޓިކްޓޮކް އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ.
މިހާރު ޝިފާއަށްނަނީ ފިލްމީދާއިރާގައި ފިލުމްތަކުން ވެސް ޖާގަ ހޯދަމުންނެވެ. އޭނާ އެންމެ ފުރަތަމަ ފިލްމަކުން ފެނިގެން ގޮސްފައިވަނީ ދެވަނަސޫރަ ފިލުމުންނެވެ. މިހާރުސް އޭނާގެ އެކްޓިން ފެނިގެންދާނެ ދެފިލުމެއް ދެއްކުމަށް ދަނީ ތައްޔާރު ވަމުންނެވެ.