ޗެނަލް 13 އިން ވަނީ މިދިޔަ ބުދަ ދުވަހު ހަނިމާދޫ އެއާޕޯޓުގައި ޖައްސަން ދިޔަ ފްލައިޓެއް އެތަނުގައި އުޅޭ އިންޑިއާ ސިފައިންގެ ސަބަބުން ނުޖެއްސިފައި ގިނަ ވަގުތު އޮންނަން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން ގިނަ ލަސްތަކެއް ދިމާވި ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން ބުނީ އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށެވެ. އަދި އެދުވަހު ޝެޑިއުލާއެއްގޮތަށް އެރަށަށަށް ދިޔަ ހުރިހާ ބޯޓެއް ވެސް އޮޕަރޭޓްކޮށްފައިވާ ކަމަށެވެ.
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓެއް މިދިޔަ އަހަރު ތެރޭގައި ހަނިމާދޫ އެއާޕޯޓުގައި އޮޕަރޭޓްކުރަން ހަމަޖެހުމާއެކު، އެކަމަށްޓަކައި 20 އަށް ވުރެ ގިނަ އިންޑިއާ ސިފައިން އަންނަނީ ހަނިމާދޫގައި ދިރިއުޅެމުންނެވެ.