ބެލްޖިއަމް ކަޓުވާލާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދި އިޓަލީ، ސެމީގައި ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ. ސްޕެއިން ސެމީއަށް ދިޔައީ ސްވިޓްޒަލަންޑް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ބެލްޖިއަމް ކޮޅަށް އިޓަލީން ފުރަތަމަ ޖެހި ލަނޑު ޖެހީ ނިކޯލޯ ބަރޭލާއެވެ. އޭގެ ކުރިން އިޓަލީން ޖެހި ލަނޑެއް ވީޑިއޯ އެސިސްޓެންޓް ރެފްރީވަނީ ކެންސަލްކޮށްފައެވެ. އިޓަލީގެ ދެވަނަ ލަނޑު، ފުރަތަމަ ހާފުގެ ފަހުކޮޅު ޖެހީ ލޮރެންޒޯ އިންސީނިއާއެވެ. ބެލްޖިއަމުން ޖެހި ހަމަ އެކަނި ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ލުކާކޫއެވެ.