ads
ކުޑަ ކުއްޖަކު ހަނގުރާމައިގެ ތަމްރީނު ހޯދަނީ
ތުރުކީން ހަނގުރާމަވެރިން ގޮތުގައި ކުޑަކުދިން ބޭނުންކުރޭ:އެމެރިކާ
ތުރުކީން ހަނގުރާމަވެރިން ގޮތުގައި ކުޑަކުދިން ބޭނުންކުރާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން ވަނީ ތުރުކީގެ ނަން "ކުޑަކުދިން ހަނގުރާމައަށް ބޭނުން ކުރާ ގައުމުތަކުގެ" ލިސްޓުގައި ހިމަނާފައިއެވެ. މިއީ ނޭޓޯއަށް ނިސްބަތްވާ ގައުމެއް މި ލިސްޓުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ތައްޔާރު ކޮށްފައިވާ 2021 ޓުރެފިކިން އިން ޕާސަންސް (ޓީއައިޕީ) ރިޕޯޓުގައި ބުނެފައިވަނީ ސީރިޔާއާ އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާއަތަކަށް ތުރުކީއިން ވާގިވެރިވާާ ކަމަށެވެ. މި ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވަނީ ލީބިޔާއިން ވެސް ހަނގުރާމަވެރިންގެ ގޮތުގައި ކުޑަކުދިން ބޭނުންކުރަމުންދާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އަލް މޮނީޓާ ނަމަކަށް ކިޔާ ނޫހެއްގައި ބުނެފައިވާ ގޮތުގައި ސުލްތާން މުރާދް ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާއަތަކަށް ކުޑަކުދިން ހަނގުރާމަވެރިންގެ ގޮތުގައި ހޯދުމަށް ތުރުކީއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. 

މި ލިސްޓުގައި ތުރުކީގެ އިތުރުން 14 ގައުމެއް ހިނމެނޭކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ. އޭގެ ތެރޭގައި ޔަމަން، އިރާގް އަދި އިރާން ހިމެނެއެވެ.   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް