ads
ރާއްޖެއަށް ފަތުރުވެރިން އައުން--
ބޯޑަރު ހުޅުވިޔަސް ޕީސީއާރް ޓެސްޓް ސައްހަތޯ ބެލުން މުހިންމު: އިސްމާއިލް ހަމީދު
ބޯޑަރު ހުޅުވާލި ކަމުގައި ވިޔަސް އެމީހުންގެންނަ ޕީސީއާރް ޓެސްޓަކީ ސައްހައެއްޗެއްތޯ ބެލޭންވާނެކަމަށް ނޭޝިނަލް ބޯޓިން އެސޯސިއޭޝަން ގެ ނައީބު ރައީސް އިސްމާއިލް ހަމީދު ވިދާޅުވެއްޖެއެވެ.
Advertisement

އިސްމާއިލް ވިދާޅުވީ ސައުތު އޭޝިޔާގެ ގައުމަތައް ރިވިއު ކުރުމަށް ފަހު ވަކިވަކިން ކޮންމެ ގައުމެއްގެ ބަޔަކަށްވެސް ހުއްދަ ދިނުމަކީ އޭގެ އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ދުނިޔެ ހުޅުވެމުން ދާކަމަށާއި ބަންދުކޮށްފައި އޮތުމުން ދިވެހިރާއްޖެއަށް ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. 

އެގޮތުން ސިންގަޕޫރުން ވަނީ ވަރަށް ވަރުގަދަ ނިންމުމެއް ނިންމާފައިކަމަށާއި އެ ނިންމުމަކީ ކޮވިޑް19އާއި އެކު އުޅުންކަމަށް އޭނާ ބުނެއެވެ. އިސްމާއިލް ވިދާޅުވީ ދިވެހިންވެސް މިކަހަލަ ނިންމުމެއް ނިންމަން ޖެހޭ ކަމަށެވެ. 

އިސްމާއިލް ހަމީދު އިތުރަށް ވިދާޅުވީ އެ ބޭފުޅުން މިކަމަށް ތައްޔާރުވެފައިވާކަމަށާއި ޕޮޒިޓިވް ވެއްޖެ ހާލެއްގައި އަމަލު ކުރަން ޖެހޭ އުސޫލުން އެކަން ކުރަމުންދާނެކަމަށެވެ. ދިވެހިރާއްޖޭގައި ޕީސީއާރް ޓެސްޓް ވެރިފައި ކުރެވެނެގޮތެއް ނެތްކަމަށް ފާހަގަކުރަށްވަމުން އިސްމާއިލް ވިދާޅުވީ ޕީސީއާރް ޓެސްޓް ވެރިފައި ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އިސްމާއިލް އިތުރަށް ފާހަގަކުރެއްވީ ފަތުރުވެރިޔަކު ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ރާއްޖޭގެ ރަށެއްގައި ކަރަންޓީނު ނުވެ އުޅެވުނަސް ދިވެހި ރައްޔިތަކު ރާއްޖޭގެ ރަށަކަށް ރަށަކަށް ޓެސްޓު ހަދައިގެން ދިޔަނަމަވެސް 14 ދުވަސް ވަންދެން ކަރަންޓީނު ވާންޖެހުމަކީ އަސްލު އިންސާފެއް ނޫންކަމަށާއި މިހާރު ލޯކަލް ޓުއަރިޒަމް އަށް ނެގެޓިވް ޕީސީއާރްއާއި އެކު ހުޅުވާލަންވީކަމަށެވެ. އިސްމާއިލް ބުނިގޮތުގައި ދިވެހިރައްޔިތެއް ހަދާ ޕީސީއާރް ޓެސްޓު މާ ޔަގީން ވާނެކަމަށެވެ. ސަބަބެއް ކަމުގައި އިސްމާއިލް ފާހަގަކުރެއްވީ އެ ޓެސްޓު ހަދާފައިވާކަމުގެ ޔަގީންކަން އޮންނާނެތީއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމުން ވަނީ މިކަމާއި ގުޅޭ ގޮތުން ސާކިއުލާއެއް ނެރެފައެވެ. ސައުތް އޭޝިއާގެ ގައުމެއް ގައި ކޮވިޑްގެ ހާލަތު އޮތްގޮތަށް ބަލާ އެ ގައުމެއްގެ ހާލަތު ރަނގަޅުކަމުގައި ވަނީނަމަ އެ ގައުމެއްގެ ރައްޔިތުން ދިވެހިރާއްޖެ އައުމުން އެމީހުންނައް އޮންއެރައިވަލް ވިސާ 15 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށް އެ ސާކިއުލާގައިވެއެވެ.  ވޯކް ޕާމިޓް އޮތް ފަރާތްތަކުން ރާއްޖެއަށް އަންނަކަމުގައި ވަނީ ނަމަ އެމީހުން އަތުގައި 96 ގަޑި ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓް އޮތުމުގެ އިތުރުން ވެކްސިންގެ ދެޑޯޒް ހަމަކުރަން ޖެހޭނެކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ. މީގެ އިތުރުން އެމީހުން ރާއްޖެ އަންނަތާ 48-72 ގަޑިއިރުތެރޭ ކޮޥިޑް ޓެސްޓް ހަދާ 14 ދުވަސް ވަންދެން ކަރަންޓީނު ވުމަށް ފަހު އަނެއްކާވެސް އެޓެސްޓް ހަދަން ޖެހޭނެކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. 

އެމްއެމްޕީއާރްސީ ގެ މެނޭޖިން ޑިރެކްޓާ ތޮއްޔިބު މުހައްމަދު ވިދާޅުވީ ސައުތް އީސްޓް އޭޝިއާގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ކުރަންޖެހޭ މަސައްކަތްތައް އަބަދުވެސް ކުރަމުންދާކަމަށެވެ. އެ ގޮތުން މައި ޓްރިޕް، ތޯމަސް ކުކް އިންޑިޔާ އަދި އެހެންނިހެން ޓްރެވަލް އެޖެންސީތަކާއި ގުޅިގެން ވިޒިބިލިޓީ ކެމްޕޭންސްގެ އިތުރުން އޮންލައިން ކެމްޕޭންވެސް ވެސް ކުރިޔަށް ގެންދަމުންދާކަމަށެވެ. މީގެ އިތުރުން ކުރިޔަށް އޮތް ދެމަސްތެރޭގައި ޓްރެވަލް ފެއާސް ވެސް ކުރިޔަށް ގެންދާނެކަމަށް ތޮއްޔިބު ފާހަގަ ކުރެއްވިއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް