
ޗާންދަނީ މަގުގައި، އިސްކަންދަރު ސްކޫލް ކައިރީގައި އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރިޕޯޓުކޮށްފައިވާ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، މ. ސްޓާ، މުހައްމަދު ރަޒީން، 49، ކަމަށެވެ. ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.
ރިކޯޑްތައް ދައްކާ ގޮތުން އެންމެ ފަހުން ހައްޔަރުކުރީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގަ އެވެ. އަދި އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖެހި އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދަނގަނޑު ދޮރު ވަނީ ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފަ އެވެ.
ރިކޯޑްތައް ދައްކާ ގޮތުން ހައްޔަރުކޮށްފައިވާ ރަޒީންއަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް އަދި ޖަލުގައި ހުކުމް ވެސް ތަންފީޒުކޮށްފައިވާ މީހެކެވެ.