އެޗްޑީސީން މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 4 އިން 6 އަށާއި، ރޭގަނޑު 8 އިން 10 އަށް ފުޅަނދު ދައްކާލުން ކުރިއަށްގެންދާނެކަމަށް ބުންޏެވެ. މިނިވަންދުވަހާ ގުޅިގެން އެޗްޑީސީން ތައްޔާރުކޮށްފައިވާ ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ "މައިންކްރާފްޓް" ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތަކާއި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށެވެ.
މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށާއި، ފުޅަނދު ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް ފުޅަނދު ބަލަން ނުކުތް ކުޑަކުދިންގެ މެދުގައި މަގްބޫލުކަމެއް ލިބިގެންދިޔަކަމަށް އެޗްޑީސީން ބުންޏެވެ.