ads
ޝިފާ--
ބުރުގާ އެޅީ ބާލާކަށް ނޫން: ޝިފާ
ދިވެހި ޓިކްޓޮކް ތަރީންގެ ތެރެއިން މަރިޔަމް ޝިފާގެ ނަމަކީ އާ ނަމަކަށް ނުވާނެއެވެ. ޝިފާ ކުރާ ކޮންމެ ކަމަކަށް ބުނެލާ ކޮންމެ ބަހަކަށް އަބަދުވެސް އެތައް ބަޔަކު ތިބެނީ ބަލަ ބަލައެވެ.

މިއަދު ޝިފާގެ ވާހަކަތައް އަނެއްކާ ވެސް މީޑިއާގައި ގަދަވެފައިވަނީ ޝިފާގެ ހަޔާތަށް ގެނައި ބޮޑު ބަދަލަކުންނެވެ. މުޅިން އައު ފެށުމަކުން ފަށައި ޝިފާ ބުރުގާ އެޅި ހިސާބުންނެވެ. މިކަން ޝިފާ ހާމަކޮށްފައިވަނީ އޭނާ އިންސްޓަގްރާމް ސްޓޯރީންނެވެ.

ޝިފާ ބުރުގާ އެޅި ހަބަރާއެކު ގިނަ ބަޔަކު ޝިފާއަށް ތައުރީފްކުރިއިރު، ގިނަ ބަޔަކު ވަނީ އޭނާ ބުރުގާ އަޅައިގެން އުޅުމަށްފަހު އަމިއްލައަށް ބުރުގާ ބާލައިގެން އުޅުމަށް ފަހު އަނެއްކާ ވެސް ބުރުގާ އެޅުމުން ފާޑުތަކެއް ވެސް ކިޔާފައެވެ.

ސީއެންއެމްއަށް ދިން އިންޓަވިއުއެއްގައި ޝިފާ ބުނީ ފުރަތަމަ ބުރުގާ އެޅިއިރު ވަރަށް ކުޑަ ކަމަށާއި އޭރު އުމުރުން ވާނީ ދިހަ ވަރަކަށް އަހަރު ކަމަށެވެ. އަދި އޭރު ބުރުގާ ބޭލީ އެއްވެސް ބައްޔެއްގެ ސަބަބުން ނޫން ކަމަށާއި އަމިއްލައަށް ބޭނުންވުމުގެ ސަބަބުން ކަމަށެވެ.

"ބައްޔެއް ވެސް ނުވޭ. އަމިއްލައަށް ބޭނުންވެގެން ބޭލީ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އޭރު" ޝިފާ ބުންޏެވެ.

 ޝިފާ ބުނީ އަލުން ބުރުގާ އަޅަން ވިސްނާ ތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި އެއީ ޝިފާގެ މަންމަ ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ބުރުގާ އަޅައިގެން އުޅުނު ނަމަވެސް ޝިފާ ކުރާ ކަންތައް ޝިފާއަށް ކުރެވޭނެ ކަމަށް މަންމަ ބުނި ކަމަށާއި މިއީ މަންމަ އަށް ވީ ޕްރޮމިސްއަށްޓަކައި، ޝިފާ މަންމަ އަށް ކޮށްދިން ކަމެއް ކަމަށް ޝިފާ ފާހަގަކުރިއެވެ.

ޝިފާ ބުނީ މަންމަ ކިޔައިގެން ކުރި ކަމެއް ނަމަވެސް މިއީ ޝިފާ އަމިއްލައަށް ވެސް ވަރަށް ބޭނުން ވެގެން ކުރި ކަމެއް ކަމަށެވެ. އަދި ޝިފާ ބުރުގާ ބާލަން ބުރުގާ ނާޅާނެ ކަމަށް ވެސް ޝިފާ ބުންޏެވެ.

އިންސްޓަގްރާމްގައި ހުރި ބުރުގާ ނާޅާ ފޮޓޯތަކާއި ޓިކްޓޮކްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝިފާ ބުނީ އެ ބުރުގާ ނާޅާ ހުރި ފޮޓޯތަކާ ވީޑިއޯތައް ޝިފާ ހައިޑް ކުރާނެ ކޮށް މުޅިން އައު ފެށުމަކުން ފަށާނެ ކަަމަށެވެ.

ޝިފާ ބުރުގާ އެޅުމާއެކު ދެން ގިނަ ބަޔަކު ކުރި ސުވާލަކީ ފިލްމީ ކެރިއަރުން ޝިފާ ދުރަށް ގޮސްދާނެތޯ ކުރާ ސުވާލެވެ.

މި ސުވާލަށް ޖަވާބު ދެމުން ޝިފާ ބުނީ ބުރުގާ އަޅައިގެން ފިލްމީ ދާއިރާގައި އުޅެން ހުރަސްތަކެއް ހުންނަ ކަމަށާއި ބުރުގާ އަޅާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ނުލިބޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ބުރުގާ އަޅައިގެން ދާއިރާގައި ކުރިއަށްދާން މާ ހިތްހަމަޖެހޭ ކަން ފާހަގަކޮށް ޝިފާ ބުނީ ދާއިރާގައި ކުރިއަށް ދާނެ ކަމަށާއި ވަޒީފާގައި އުޅެމުން ވެސް ފިލްމީ ދާއިރާއިން ފުރުސަތު ލިބޭ ވަރަކުން ފެންނާނެ ކަމަށެވެ.

79%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް