ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފ. އަތޮޅު ކައުންސިލް އަދި ފ. ނިލަންދޫ ކައުންސިލާ ރައީސް ބައްދަލުކުރައްވަނީ
ކައުންސިލް ބައި-އިލެކްޝަންތައް ބާއްވަން ނުޖެހޭ ބިލު ކޮމިޓީއަށް
ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފި އެވެ.
Advertisement

ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ އެވެ.

މި އިސްލާހުގައި ބުނެފައިވަނީ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ނެތްނަމަ އިންތިހާބު ބޭއްވޭނެ ކަމަށް އިސްލާހުގައިވެ އެވެ. 

އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.

މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާނީ އަންނަ އަހަރު 17 މޭގަ އެވެ. އެ މުއްދަތަށް ބާކީ މިހާރު އޮތީ 370 ދުވަހެވެ.

މި އިސްލާހާ އެކު މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުންތޯ ސުވާލު އުފައްދަވައިފަ އެވެ.

ބިލްގެ ބަހުސްގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އެހެން ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.

"މިކަހަލަ ތާކުންކުރެތާކުން ނުޖެހޭ ބިލްތައް ހުށަހަޅުއްވާތީވެސް އަޅުގަނޑު ހަމަ ހިތަށް އަރާ ސަހަރޯއޭ،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މި ސަރުކާރު އައި ގޮތަށް ލާމަރުކަޒީ ނިޒާމު ދަށުވެފައިވާ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން މިނިސްޓްރީއެއް އުފައްދަވާފައިވާ ކަމަށާއި އެ މިނިސްޓްރީއަށް ވެސް ސިޔާސީ އެތައް މުވައްޒަފުންނެއް ނަގާފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ސަރުކާރުން މަޝްރޫއުތަކެއް ކުރިއަށް ގެންދާނަމަ، ހަރަދު ކުޑަކުރުމުގެ ގޮތުން ގާނޫނުތަކަށް އިސްލާހު ގެނައުން ރައްޔިތުން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ބިލްގެ ބަހުސްގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ ހަރަދު ކުޑަކުރަން މި ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ މި ބިލް އިސްލާހުކުރުން ކަމަށެވެ.

އެ ގޮތުން މިއީ މި މަޖިލީހުން މި ބިލްގެ މުއްދަތުތަކަށް ބަދަލު ގެންނަ ތިން ވަނަ ފަހަރުކަން އޭނާ ފާހަގަކުރެއްވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް