ތިނަދޫގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ރަށުގެ ހާލަތު ރަގަނޅުނުވެ ކޮމިޔުނިޓީ ސްޕްރެޑަކަށް
ބަދަލުވެފައިވާތީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި 14 ދުވަހުގެ ނިޔަލަށް ރަށުގެ ކާފިއު ވަގުތު 24 ގަޑިއިރަށް އޮތީ ބަދަލުކޮށްފައެވެ.
އެހެންނަމަވެސް ތިނަދޫގައި ބަލި ފެތުރުން ހިފެހެއްޓިފައިނުވާތީ، މާދަމާއިން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް ތިނަދޫގައި އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު ދެމިއޮންނާނެކަން އެ ރަށުކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
އަދި މިއަދު ބޭއްވުނު ތިނަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމެއްގައި ވަނީ ކުރިންކޮށްފައިވާ އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ހަރުކަށިކޮށްފައެވެ.
ގެނެސްފައިވާ އިސްލާހުތައް:
ތިނަދޫ ކައުންސިލުން އިތުރަށް ބުނީ ތިނަދޫއަށް ދިމާވެފައިވާ ކޮވިޑް 19ގެ ހާލަތުން އަރައިގަތުމަށް އާންމުންގެ އެއްބާރުލުން މިހާރަށްވުރެބޮޑަށް ބޭނުންވާ ވާހަކަ ކަމަށެވެ.
ތިނަދޫއިން މިހާރު މުޅި ޖުމްލަ 726 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 451 މީހަކު ރަނގަޅުވިއިރު މިހާރުވެސް ބަލިޖެހިފައިވާ 275 މީހުން ތިނަދޫގައި އެބަތިއްބެވެ.
އަދި ބަލިޖެހިގެން ދެ މީހަކު މަރުވެފައިވާއިރު، ހޮސްޕިޓަލުގައި މިވަގުތު ކޮވިޑަށް ފަރުވާދެމުންދަނީ އެންމެ މީހަކަށެވެ.
ތިނަދޫގައި ވެކްސިންގެ ފުރަތަމަ ޑޯޒް 3806 މީހަކު ޖަހާފައިވާއިރު، ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވަނީ 2375 މީހުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;