ads
އެމްޖީއޭ ގެ މަގާމްތަކަށް ހޮވުނު މެންބަރުން
ހައި ކޮމިޝަންގެ ޝަކުވާ ބަލަން އެދެންވާނީ ފޮރިން މިނިސްޓްރީން ކޮމެޓީއަކުން ނޫން: އެމްޖޭއޭ
ނޫހެއްގައި ޝާއިއުކުރާ ކޮންޓެންޓަކާ ގުޅޭ މައްސަލައެއް ބަލައިދޭން އިންޑިއާ ހައިކޮމިޝަނުން އެދޭނަމަ އެކަން ކުރަން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށާއި، މިހާތަނަށް މިނިސްޓްރީން އެފަދަ އެއްވެސް މައްސަލައެއް ބަލައިދިނުމަށް މީޑިއާ ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފި އެވެ.
Advertisement

އިންޑިއާ ހައިކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން މެދުވެރިކޮށް މީޑިއާއެއް‬⁩ގެ މައްސަލައެއް ބަލައިދިނުމަށް މީޑިއާ ކައުންސިލްގައި އެދިފައިވާ ކަމުގެ ޝަކުވާ އެޖަމިއްޔާއަށް ލިބިފައިވާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނީ، ނޫހެއްގައި ޝާއިއުކުރާ ކޮންޓެންޓަކާ ގުޅޭ މައްސަލައެއް ބަލައިދޭން އިންޑިއާ ހައިކޮމިޝަނުން އެދޭނަމަ އެކަން ކުރަން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށް ގަބޫލުކުރާކަމަށެވެ.

“ނަމަވެސް، މި ޖަމިއްޔާއަށް މައުލޫމާތު ލިބިފައިވާ ގޮތުން މިނިސްޓްރީން އެފަދަ އެއްވެސް މައްސަލައެއް ބަލައިދިނުމަށް މީޑިއާ ކައުންސިލަށް ހުށަހަޅާފައެއް ނުވޭ”


އޭގެ ބަދަލުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްއެމްސީއަށް ސިޓީއެއް ފޮނުވައި، އެ މައްސަލަ ބަލައިދޭން އެދިފައިވާ ކަމުގެ މައުލޫމާތު އެ ޖަމިއްޔާއަށް ލިބިފައިވާކަން ފާހަގަކުރަމުން އެ ޖަމިއްޔާއިން ބުނީ، އެއީ މީޑިއާގެ އެތިކަލް މައްސަލަ ބެލުމުގައި އަމަލުކުރާ އެންމެހާ ބެސްޓް ޕްރެކްޓިސްތަކާ ހިލާފު ކަމެއް ކަމަށާއި، އެމްއެމްސީ އޯވަސީ ކުރުމުގެ މެންޑޭޓް އޮންނަ ކޮމިޓީއިން މީޑިއާއެއްގެ މައްސަލަ ބަލައިދޭން އެކައުންސިލްގައި އެދުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

މީޑިއާގެ އެތިކަލް މައްސަލަތައް އޮންނަ އުސޫލުގެ ތެރެއިން ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށާއި، ގާނޫނު އަސާސީން ލިބިދޭ ނޫސްވެރިކަމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އޭގެއިތުރުން މީޑިއާތަކުން ވެސް ކޮންޓެންޓް ޝާއިއުކުރުމުގައި ޒިންމާދާރުވެ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް އެންމެހާ ނޫސްވެރިންނަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސްކޮޮށްފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ޑިޕްލޮމޭޓުންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް މީޑިއާތަކުން ނަފުރަތު އުފައްދާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ރާއްޖޭގެ މީޑިއާތަކުގެ އެޑިޓަރުން ހިމެނޭ ޖަމިއްޔާ އެޑިޓާސް ގިލްޑްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔަނެއް ނެރެފައެވެ.  

އެޑިޓާސް ގިލްޑްއިން ބުނީ ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތަކަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނެރޭ ނޫސް މަޖައްލާތަކެއް ކަމުން ރާއްޖޭގެ ނޫހެއްގައި ޝާއިއު ކުރި ލިއުމަކާ ގުޅޭ ގޮތުން، އެކަމުގެ ނުތަނަވަސްކަމެއް އޮތް ނަމަ އެކަމަކަށް ހައްލު ހޯދުމަށް އިންޑިއާ ހައި ކޮމިޝަނުން އެދެން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަ ރައްދުވާ ޑިޕްލޮމޭޓް ސީދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަށް ގުޅުއްވުމަކީ ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާ ތަންދޭ ކަމެއް ނޫން ކަމަށާއި، އެއީ
ވިއެނާ ކޮންވެންޝަނާ ހިލާފަށް ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމުގައި ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ/މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެމްޑީޕީ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ އިންޑިއާގެ ޑެޕިޔުޓީ ހައިކޮމިޝަނަރު އެކަމަނާއަށް ގުޅުއްވާ މީޑިއާގައި އެބޭފުޅާ ބަދުނާމުކޮށް ދައްކާފައިހުރި ޕާސަނަލް ވާހަކަތަކުގެ ސަބަބުން އެބޭފުޅާގެ ސެކިޔުރިޓީއާއި ދޭތެރޭވެސް ކަންބޮޑުވާކަމަށް  
ވިދާޅުވި ކަމަށް ވިދާޅުވެފައެވެ.

“އަޅުގަނޑު މިހާރުވާނީ މި އިޝޫ ބައްލަވާދެއްވުމަށް މީޑިއާ ކައުންސިލްގެ ރައީސް ކައިރީވެސް އެދިފަ. އެކަމަކު އަޅުގަނޑަށް ފެނޭ ކޮމެޓީގެ ފަރާތުން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގަައި ބަލާދިނުމަށް މީޑިއާ ކައުންސިލަށް ހުށަހަޅަން. ވިއެނާ ކޮންވެންޝަންއަށް ރިއާޔަތް ކުރެވިދާނެ”ރޮޒެއިނާ ބުނެފައިވެއެވެ.

އެޑިޓާސް ގިލްޑްއިން ބުނީ ކޮމިޓީގެ މުގައްރިރުގެ ބަހުން ޑިޕޮލަމޭޓް ސީދާ މުގައްރިރަށް ގުޅުއްވިކަން ސާފުވާ ކަމަށެެވެ. 

އަދި އެ މައްސަލައިގައި އިންޑިއާގެ ޑިޕްލޮމޭޓެއްގެ ކޯލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން
މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަމިއްލައަށް އެ މައްސަލާގައި މީޑިއާ ޖަވާބުދާރީ ކުރުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އެންގުމަކީ ވެސް ޑިމޮކްރަސީއާ ބީރައްޓެހި އުސޫލެއްކަން ފާހަގަ ކުރާކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް