ads
ބިގް ބޮސް 19 ގެ ބައެއް ތަރުން. ރޭ ވަނީ މި ޝޯ ފަށާފައި
ބިގްބޮސް ސީޒަން 19 ފަށައިފި، މިފަހަރު ސިޔާސީ ތީމެއްް
އިންޑިޔާގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯވް "ބިގްބޮސް" ގެ 19 ވަނަ ސީޒަން ރޭ ފަށައިފިއެވެ.
Advertisement

މިފަހަރުގެ ޝޯގެ ވެސް ހޯސްޓަކީ އިންޑިއާގެ ސުޕަސްޓާ ސަލްމާން ހާންއެވެ. 

މިފަހަރު ބިގްބޮސް 19ގެ ގޭގެ އެތެރެ ޒީނަތްތެރިކޮަށްފައިވަނީ ސިޔާސީ ޖަގަހައެއްގެ ސްޓައިލަކަށެވެ. މިފަހަރުގެ ތީމް އަކީ “ގަރްވާލޯކީ ސަރުކާރު”އެވެ. ގޭގައި ކުރެވޭ ބަހުސްތަކަށް ބަހުސްކުރުމަށް އެސްމެބްލީ ރޫމެއްގެ ގޮތުގައި ތަނެއް ވަނީ ހަދާފައެވެ. 

މިފަހަރު ޝޯގެ ޓާސްކުތަކާއި ގޭމްތައްވެސް ރާވާފައިވަނީ ސިޔާސީ މައިދާނުގައި ކަންކަން ހިނގާ ގޮތަށް ބަލައިގެންނެވެ. އެގޮތުން ގޭގައި އުޅޭނީ ވެރިކަން ކުރާ ބަޔަކާއި، އިދިކޮޅު މީހުންގެ ބަޔެކެވެ. މި ދެބައިގެ މެދުގައި  ކުރެވޭ ބަހުސްތައްވެސް ހުންނާނީ ސިޔާސީ ކަންކަން ހުންނަގޮތަށެވެ. 

މިފަހަރުގެ އަނެއް ތަފާތަކީ ބިގް ބޮސް ގެއަށް ވެއްދުމަށް ދެ ނަމެއް އާއްމުކޮށް ހުޅުވާލާ ބެލުންތެރުންގެ ވޯޓަށް ވަނީ ހުޅުވާލާފައެވެ. އެއީ “މްރިދުލް ތިވާރީ” އަދި “ޝެހެބާޒް ބަދޭޝާ”އެވެ. 

މި ފަހަރުގެ ބިގް ބޮސް ގެއަށް 19 ބައިވެރިޔަކު ވަންނަ އިރު އޭގެތެރޭގައި އެކްޓަރުންނާއި ލަވަކިޔުންތެރިންނާއި ކުޅިވަރުގެ އުޅޭ ތަރިންވެސް ހިމެނެއެވެ. އޭގެތެރޭގައި އެކްޓަރު ގޯރަވް ކަންނާއާއި ޒުވާން ލަވަކިޔުންތެރިޔާ އަމާލް މާލިކްވެސް ހިމެނެެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް