ads
ޑެންމާކު ކުޅުންތެރިން
ޔޫރޯ 2020: ޑެންމާކު ސެމީއަށް
އުނދަގޫ ހާލަތެއްގެ ތެރެއިން ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށި ޑެންމާކުން ސެމީ ފައިނަލުގެ ފުރުސަތު ހޯދައިފިއެވެ. ޑެންމާކު ސެމީއަށް ދިޔައީ ހޮނިހިރު ދުވަހުގެ ރޭ ޗެކް ރިޕަބްލިކް ދެ ލަނޑު އެއް ލަނޑުން ބަލިކޮށްގެނެވެ.

އުނދަގޫ ހާލަތެއްގައި ޑެންމާކުން މުބާރާތް ފެށީ، މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ދިމާވި ސިއްހީ ހާއްސަ ހާލަތަކާ އެކުއެވެ. މެޗުގެ ކުރީކޮޅު ހިނގި އެ ހާދިސާއާ ގުޅިގެން މެޗު މެދު ކަނޑާލަން ޖެހުނު އިރު ފަހުން ފަށައިގެން އެ ޓީމުވީ އެ މެޗުން ބައްޔެވެ. އަދި ޖެހިގެން އައި މެޗުންވެސް އެ ޓީމު ބަލިވިނަމަވެސް އޭނގެ ފަހުން އެ ޓީމުން އަންނަނީ ހުރިހާ މެޗެއް ކާމިޔާބު ކުރަމުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކުއާޓަރ ފައިނަލުގައި ޑެންމާކުންވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަރަކަށް މިނިޓްގެ ތެރޭގައި މި ލަނޑު ޖެހީ ތޯމަސް ޑެލެއީނީއެވެ.  އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެންމާކުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ  ކެޝްޕާ ޑޯލްބާގެވެ. ޗެކްރިޕަބްލިކަށް ސުން ކަނޑުވާލަދިނީ ޝިކްއެވެ. އެއީ މި އަހަރުގެ ޔޫރޯގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.

ޔޫރޯގެ ސެމީގައި ޑެންމާކު ނުކުންނާނީ އިންގްލަންޑާ ޔޫކްރެއިން ކުޅެގެން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް