ads
ބަނދަރުހެދުމުގެ މަޝްރޫއު ކުރިޔަށް ދަނީ ފޮޓޯ: އެމްޓީސީސީ
ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ
ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

 ބޭރުތޮށިލުމުގެ މަސައްކަތް 28 ޖޫން 2021 ވަނަ ދުވަހު ފެށިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެއެވެ. 

އެ މަޝްރޫއުގެ ދަށުން، 51,861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި  ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. 

your imageޕޭމެންޓް ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ ފޮޓޯ: އެމްޓީސީސީ

your imageބަނދަރުހެދުމުގެ މަޝްރޫއު ކުރިޔަށް ދަނީ ފޮޓޯ: އެމްޓީސީސީ

އެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

 އެ މަޝްރޫޢުއަކީ 49.4 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް