ads
ކަރަންޓީން ފެސިލިޓީ--
ރާއްޖެެއިން ބޭރުން އަންނަ ބިދޭސީން ކަރަންޓީނުވާން ގެސްޓު ހައުސް ހޯދަނީ
ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވާން ހޮޓެލް އަދި ގެސްޓު ހައުސް ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ފަދަ ތަންތަން ހަމަޖެއްސުމަށް ބޭނުންވާތީ ޝައުގުވެރިވާ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތައް 05 ޖުލައި 2021 ވާ ހޯމަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 14:00 އާއި ދޭތެރޭ  ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަމުން އަންނަ ދަރުބާރުގެއަށް ވަޑައިގެން، ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ނަމަވެސް ކަރަންޓީނު ވަނީ ރާއްޖެއަށް އަންނަ ދިވެހިންތޯ ނުވަތަ ބިދޭސީން ކަމެއް އިއުލާނުގައި ހާމަކޮށްފައެއްނުވެއެވެ.

ކޮވިޑް-19 ރާއްޖެއަށް ފުރަތަމަ ފެތުރިގެން އައިރު، ކަރަންޓީނުވަމުން އައީ ހެލްތް މިނިސްޓްރީން ހަމަޖެއްސި ތަނެއްގައެވެ. ނަމަވެސް ފަހުން އައިސް އަމިއްލައަށް ބޭނުންވާ ތަންތަނާއި، ގޭގައި ކަރަންޓީނުވުމުގެ ފުރުސަތު ވަނީ ދީފައެވެ.

ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވާ އެހެން އެންމެން ކަރަންޓީނުވާން އަންގާފައި އޮންނައިރު، ބޭރުން އަންނަ ދިވެހިން ކަރަންޓީނު ނުވެ އާންމުކޮށް ނިކުމެ އުޅޭ މައްސަލައަކީ ބޮޑޫ މައްސަލައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް