ads
ޝެއިހް އަލީ ޒައިދު--
"ދީނަށް ފުރައްސާރަކުރާ ވަގު އައިޑީ ގެންގުޅޭ ދިވެހިން ނުހޯދެނީ ކީއްވެ؟"
ދީނަށް ފުރައްސާރަ ކުރާ ދިވެހިން ގެންގުޅޭ ވަގު އައިޑީތައް ނުހޯދެނީ ކީއްވެތޯ ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ފުލުހުންނާ ސުވާލުކޮށްފިއެވެ.

އަލީ ޒައިދު މިފަދައިން ސުވާލުކޮށްފައި މިވަނީ އިންޑިއާ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ، ވަގު އައިޑީއަކުން ކުރި ޓްވީޓަކާ ގުޅިގެން މީހަކު ހައްޔަރުކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އަލީ ޒައިދު ވިދާޅުވީ ވަގު އައިޑީތަކުން ޓްވީޓެއް ކުރީމާ އެއީ ކާކު ކުރި ކަމެއް ކަން ފުލުހުންނަށް ޙޯދޭނެ ކަން މިހާރު އެނގިއްޖެ ކަމަށެވެ.

ޒައިދު ވަނީ ހަމަ މި ބީދައިން ދީނަށް ފުރައްސާރަކުރުމަށް ވަގު އައިޑީ ހަދައިގެން އުޅޭ ދިވެހިން ހިފައި ހައްޔަރު ނުކުރެވެނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި ދީނަށް ފުރައްސާރަކުރާ މީހުންގެ ނުބައި ކަން މާބޮޑުކަން ފާހަގަކުރައްވާ ޒައިދު ވަނީ ފުލުހުންގެ ކިބައިން މިކަން ހައްލުކޮށްދިނުމަށް އެދިފައެވެ.

"ނުބައި ނުލަފާކަން ބޮޑީ ﷲ އަށް މަލާމާތް ކުރާ މީހާ ނޫންބާ؟ ހައްލު ކޮށްދެއްވާ" އަލީ ޒައިދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް