ads
ދިވެހިރާއްޖޭގެ ހައިކޯޓު-
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ހައިކޯޓުން 100އަށް ވުރެ ގިނަ މައްސަލަ ބަލައިނުގަނޭ
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ހައިކޯޓުން 100އަށް ވުރެ ގިނަ މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހައިކޯޓުން މިއަދު އާއްމުކުރި 2021 ވަަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 354 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ރަޖިސްޓްރީ ކޮށްފައިވަނީ، 240 މައްސަލައެކެވެ. އަދި 117 މައްސަލަ ވަނީ ރިޖެކްޓުކޮށްފައެވެ. 

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭ މައްސަލަތައް ހުށަހެޅުނު މިންވަރަށް ބަލާއިރު، ޖަނަވަރީ މަހު، 58 މައްސަލަ ހުށަހަޅާފައިވާއިރު، ފެބްރުއަރީ މަހު، 56 މައްސަލަ، މާރިޗު މަހު 64 މައްސަލަ، އެޕްރީލް މަހު 52 މައްސަލަ، މެއި މަހު 76 މައްސަލަ އަދި ޖޫން މަހު 48 މައްސަލަ ހުށަހަޅާފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭ މައްސަލަތައް ރެޖެކްޓުކޮށްފައިވާ އަދި ރަޖިސްޓްރީކޮށްފައިވާ ގޮތަށް ބަލާއިރު، ޖަނަވަރީ މަހު، 24 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، 19 މައްސަލަ ރިޖެކްޓުކޮށްފައިވެއެވެ. ފެބްރުއަރީ މަހު 29 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު،  ނުވަ މައްސަލަ ރިޖެކްޓުކޮށްފައިވެއެވެ. މާރިޗު މަހު 50 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، 26 މައްސަލަ ރިޖެކްޓުކޮށްފައިވެއެވެ. އެޕްރީލް މަހު 44 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، 13 މައްސަލަ ރިޖެކްޓުކޮށްފައިވެއެވެ. މެއި މަހު 50 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، 26 މައްސަލަ ރިޖެކްޓުކޮށްފައިވެއެވެ. އަދި ޖޫން މަހު 43 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، 24 މައްސަލަ ރިޖެކްޓުކޮށްފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭ 357 މައްސަލައެއް ނިންމާފައިވެއެވެ. އެންމެ ގިނައިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާފައިވަނީ، މަދަނީ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ނިންމާފައިވަނީ ޖިނާއީ މައްސަލަތަކެވެ. އެގޮތުން މަދަނީ 178 މައްސަލައެއް ޖޫން މަހުގެ ނިޔަލަށް ހައިކޯޓުން ނިންމިއިރު، ޖިނާއީ 110 މައްސަލައެއް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް