ads
ފޮޓޯ: އިންސްޓަގްރާމް
އައްޒައާއި މުއާ ކަވެންޏަކާއި ހަމަޔަށް ދިޔައީ މިހެންވެ
ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ޖޯޑުތަކުގެ ތެރެއިން މުއާ އާއި އައްޒައަކީ އަބަދުވެސް އާއްމުންގެ ސަމާލުކަން ހޯދަމުން އަންނަ ދެ ތަރިންނެވެ.
Advertisement

އައްޒަދިން އިންޓަވިއުއެއްގައި މުއާ އާ ރުޅިވީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ވަނީ އެކަން ވީގޮތް ކިޔައިދީފައެވެ. އައްޒަ ބުނީ އޭރު މުއާ އާއިި ރުޅިވީ މުއާގެ އޭރުގެ އުޅުން އައްޒައަށް ކަމު ނުދާތީ ކަމަށެވެ. 

އައްްޒަ ބުނީ މުއާ އާ އޭރު ރައްޓެހިވެގެން އުޅުނީ ވަރަށް ބޭނުންވެގެން ކަމަށާއި، އެހެންނަމަވެސް އޭގެ ފަހުން އުންމީދު ކެނޑި، މަޖުބޫރުވުމުން ހުރިހާ އެއްޗެއް ރީތިކޮށް ކިޔައިދިނުމަށް ފަހު ދެ މީހުން ދުރުވީ ކަމަށެވެ. 

އައްޒަ ބުނީ އޭރު މުއާގެ ލައިފްސްޓައިލް ނުވަތަ ޗޫސްކޮށްގެން އުޅުނު ގޮތް ރަނގަޅު ގޮތެއް ކަމަަށް އައްޒައަށް ނުފެންނަ ކަމަށެވެ. އެކަން އެހެންވާ ނަމަ ގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށާއި، ރަށްޓެހިވެގެން އުޅެން "ރިލޭޝަންޝިޕަކަށް ނުދާނަން" ކަމަށް މުއާ ކައިރީ ބުނެފައިވާނެ ކަމަށެވެ.

ދެން ރަށްޓެހިވެގެން އުޅޭކަށެއް ރިލޭޝަންޝިޕަކަށް ނުދާނަމޭ، ހަމަ ސީރިއަސްވެގެން ގޮސް މެރީ ކުރުމާއި ހަމަޔަށޭ ދެން ދާން ބޭނުންވަނީ -އައްޒަ

އެފަހުން މުއާ ދެން އައީ އައްޒައަށްޓަކައި އެ ހުރިހާ ކަމެއް ހުއްޓާލުމަަށް ފަހު، އައްޒަ ބޭނުންވާ ފަދަ މީހަކަށްވެގެން ކަމަށް އައްޒަ ބުނެފައިވެއެވެ. 

މިފަހުން ބައިސްކޯފް ޝޯއަށް ދިން އިންޓަވިއުއެއްގައި މުއާ ވަނީ އައްޒައަށް އޭނާގެ އެއްވެސް ގޯސް ސިފައެއް ޓޮލަރޭޓުކުރަން ނުޖެހޭނެކަން ވަރަށް ޔަގީންވާ ކަމަށް ބުނެފައެވެ.

މުއާ ބުނީ އައްޒައަކީ އޭނާ ވަރަށް ލޯބިވާ ވަރަށް ކުރިންސުރެ ވެސް ހާސިލުކުރަން އަޒުުމު ކަނޑައެޅި ޓާގެޓެއް ކަމަށެވެ. މުއާ ބުނީ ޔާރާ ލަވައިން ފެށިގެން އައްޒަ އަކީ ހާސިލްކުރަން އަޒުމް ކަނޑައެޅި ވަރަށް ބޮޑު ޓާގެޓެއް ކަމަށެވެ.

13%
ކަމުގޮސްފި
46%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް