
ސީއެންއެމް އިން ޝިފާއަށް ގުޅާލުމުން ޝިފާ ބުނީ ނޫސްތަކުގައި ޖަހާފައި ހުންނަ ހަބަރުތަކާ ގުޅިގެން ވަރަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަދި މީހުންގެ ރިއެކްޝަންތަކާއި ކޮމެންޓުތައް ހުންނަ ގޮތް ވެސް ވަރަށް ކަމުނުދާ ކަމަށެވެ. އަދި އިއްޔެ ނޫސްތަކުގައި ޝިފާ ބުރުގާ އަޅައިގެން ކުޅުނު ފުރަތަމަ ޓިކްޓޮކް ޑިލީޓުކޮށްލި ކަމަށް ބުނެ ޖަހާފައި ހުރި ހަބަރަކީ ވެސް ކަމުގެ ދެކޮޅު ނުބަލާ ޖަހާފައި އޮތް ހަބަރެއް ކަމަށެވެ.
އަދި އެ ޓިކްޓޮކް ޑިލީޓުކުރީ ޝިފާ ނޫން ކަމަށާއި އެ ވީޑިއޯ ޓިކްޓޮކުން ރިމޫވް ކުރީ މީހަކު ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ.
އަދި އެ ވީޑިއޯ މިހާރު އަލުން ޕޯސްޓުކޮށްފައިވާނެ ކަމަށް ވެސް ޝިފާ ވަނީ ބުނެފައެވެ.
ޝިފާގެ ވާހަކަތައް މިދުވަސްކޮޅު މީޑިއާގައި ގަދަވެފައިވަނީ މުޅިން އާ ފެށުމަކުން ފަށައި ޝިފާ ބުރުގާ އެޅި ހިސާބުންނެވެ. ޝިފާ ބުރުގާ އެޅި ހަބަރާއެކު ގިނަ ބަޔަކު ޝިފާއަށް ތައުރީފްކުރިއެވެ. އެޔަށްފަހު މިއަދު އަނެއްކާވެސް ޝިފާއަށް ފާޑުކިޔުންތައް ކުރިމަތިވެގެންދިޔައީ ބުރުގާ އެޅުމަށްފަހު ޓިކްޓޮކަށް ލީ ވީޑިއޯއަކާއި ގުޅިގެންނެވެ.
ޓިކްޓޮކްގައި ނަށާފައި ވީޑިއޯ ލުމާ ގުޅިގެން ގިނަ ބަޔަކު އެ ޓިކްޓޮކަށް ފާޑު ކިޔާފައިވާއިރު، ޓިކްޓޮކުން ވީޑިއޯ ރިމޫވް ކުރުމުން ގިނަ ބަޔަކު ހީކުރީ ވީޑިއޯ ޑިލީޓުކުރީ ޝިފާ އަމިއްލައަށް ކަމަށެވެ.
ސީއެންއެމްއިން މީގެ ކުރިން ކުރި ސުވާލަކަށް ޖަވާބުދެމުން ޝިފާ ބުނީ އަލުން ބުރުގާ އަޅަން ވިސްނާ ތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި އެއީ ޝިފާގެ މަންމަ ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ބުރުގާ އަޅައިގެން އުޅުނު ނަމަވެސް ޝިފާ ކުރާ ކަންތައް ޝިފާއަށް ކުރެވޭނެ ކަމަށް މަންމަ ބުނި ކަމަށާއި އެއީ މަންމަ އަށް ވީ ޕްރޮމިސްއަށްޓަކައި، ޝިފާ މަންމަ އަށް ކޮށްދިން ކަމެއް ކަމަށް ޝިފާ ފާހަގަކުރިއެވެ.
ޝިފާ ބުނީ މަންމަ ކިޔައިގެން ކުރި ކަމެއް ނަމަވެސް އެއީ ޝިފާ އަމިއްލައަށް ވެސް ވަރަށް ބޭނުން ވެގެން ކުރި ކަމެއް ކަމަށެވެ. އަދި ޝިފާ ބުރުގާ ބާލަން ބުރުގާ ނާޅާނެ ކަމަށް ވެސް ޝިފާ ބުންޏެވެ.