އިޓަލީއާ ސްޕެއިންގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. މި ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. ކުރިން ލަނޑު ޖެހީ އިޓަލީންނެވެ. އިޓަލީގެ ފެޑެރީކޯ ކިއޭސާއެވެ. ސްޕެއިނުން އެއްވަރު ކުރި ލަނޑު ޖެހީ މޮރާޓާއެވެ.
ޕެނަލްޓީއަށް ގޮސް ސްޕެއިން މައްޗަށް ކުރި ހޯދި އިޓަލީން ފައިނަލުގައި ވާދަކުރަން ޖެހޭނީ ޑެންމާކާ އިނގިރޭސިން މިރޭ ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ.