ads
ލަ. މާމެންދޫ
ހަމަނުޖެހުމެއްގައި ތޫނުއެއްޗަކުން ކަރަށް ހަމަލާދީ ބިދޭސީއަކު ޒަހަމުކޮށްލައިފި
ބަރުމުދާ ދޯންޏެއްގައި ދެބިދޭސީންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކު ކަރަށް ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

އެދެމީހުންނަށް މިހާރު ދަނީ ލ. މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. މާމެންދޫ ކައުންސިލުން ސީއެންއެމްއަށް ބުނީ، ހަމަނުޖެހުމެއްގައި އެކަކު ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާއިރު، އަނެއް މީހާގެ މޫނު މަތިން ވެސް ޒަހަމުތަކެއް ފެންނަން ހުރި ކަމަށެވެ. އެހެންނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅުކަަމަށް ކައުންސިލުން މައުލޫމާތު ދެއެެވެ. 

ހަމަނުޖެހުމުގައި ކަރަށް ހަމަލާދީފައިވާ މީހާގެ ހާލާއި ބެހޭ މައުލޫމާތު އަދި ސާފެއް ނުވެއެވެ. ކައުންސިލްގެ ރައީސް ހަސަން ރަމީޒް ވިދާޅުވީ، ހާދިސާ ހިނގާފައިވާ ދޯންޏަކީ މާމެންދޫ ދޯންޏެއް ނޫންކަމަށާއި އެއީ ފަޅުތެރޭ އޮތް އެހެން ރަށެއްގެ ބަރުމުދާ ދޯންޏެއްކަމަށެވެ. 

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މާމެންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ދެބިދޭސީން މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، ހެނދުނު 06:42 ހާއިރު ކަމަށެވެ. އަދި އެދެމީހުންނަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާކަމަށާއި ދެމީހުންގެ ވެސް ހާލު ސިރިއަސް ނޫންކަމަށް ފުލުހުން ބުނެއެވެ. 

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރުމަުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް