ads
ފ. ބިލެއްދޫ——
ފިޔަވަޅުތަކަށް ލުއިދިންނަމަވެސް، ބިލެއްދޫ ކައުންސިލުން ސަމާލުކަމުގައި!
ކޮވިޑް-19 އާ ގުޅިގެން ދީފައިވާ ލުއިތަކާއެކު ވެސް ފ. ބިލެތްދޫއަށް ދާ ހުރިހާ ފަރާތްތައް ކަރަންޓީނުވާން އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ ބަލި ޖެހިފައި، ރަނގަޅުވެފައިތިބޭ މީހުން 60 ދުވަސް ތެރޭގައި އަދި ވެކްސިންގެ ދެ ޑޯޒު ޖަހައި 14 ދުވަސް ވެފައިވާނަމަ ކަރަންޓީނު ނުވެ މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައެވެ.

ބިލެތްދޫ ކައުންސިލް ރައީސް ސޮއި ކުރައްވާ އެރަށު ކައުންސިލުން މި މަހު 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ޗުއްޓީއަށް ރަށަށް ދާފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ނުހަނު ބޭނުންތެރިކަމެއްކަމަށް ރަށު ޓާސްކްފޯސްގެ ހުރިހާ މެންބަރުން އިއްތިފާގުވެފައިވާ ކަމަށާއި ރަށުގެ ވަރަށްގިނަ ރައްޔިތުން ވެސް އެގޮތަށް ބަދަލުކޮށްދިނުމަށް އެދެމުން އަންނާތީ ރަށަށް ދާ ހުރިހާ ފަރާތްތައް ވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

އަދި ފާއިތުވި މަސްދުވަހު ރަށުގެ އާއްމުރައްޔިތުން ދެއްކެވި ކެއްތެރިކަމާއި، ވެލެއްވި ގުރުބާނީގެ އަގުވަޒަންކޮށްދެއްވައި ޗުއްޓީއަށް ރަށަށްދުރުވާ ލޮބުވެތި އަހުންނާއި އުހުތުން އެއްވެސްބޭފުޅަކު އިސްތިސްނާނުވާނޭ ގޮތުގެ މަތިން 14 ދުވަހު ކަރަންޓީން ފުރިހަމަކޮށްދެއްވުމަކީ ކޮވިޑް19ގެ ބަލި ދެވަނަފަހަރަށް ރަށުގައި ފެތުރުނަ ނުދިނުމަށް އެޅިގެންދާނޭ ރަނގަޅުފިޔަވަޅެއްކަމުގައި ޤަބޫލްކޮށް އެންމެހައި ފަރާތްތަކުން މިކަމުގައި އެއްބާރުލުން ދެއްވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފުކޮށްލުމަށް އެރަށު ކައުންސިލް ރައީސް އަހުމަދު އަސްލަމް އަށް ގުޅާލުމުން ބުނީ އެއްވެސް ފަރާތެއް ކަރަންޓީނު ކުރަން މަޖުބޫރު ނުކުރާ ކަމަށާއި ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ރަށަށް ހެޔޮކޮށް އެދޭނަމަ ކަރަންޓީނުވާނެ ކަމަށެވެ. އަދި ކަރަންޓީނު ނުވިނަމަވެސް ކައުންސިލުން "އެމީހުންގެ ފަހަތުން ނުދުވާނެ" ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ބިލެތްދޫއިން ސީއެންއެމްއާ ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލުން މިގޮތަށް އެދުނު ނަމަވެސް އެއްވެސް މީހަކު އަމިއްލައަށް ބޭނުންވެގެން ރަށަށް އައިސް ކަރަންޓީނުވާން ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް މަސްލަހަތަށްޓަކައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަރަންޓީނުވަނީ ކަމަށް އޭނާ ބުންޏެވެ.

ބިލެތްދޫ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެރަށުން ޖުމްލަ 224 މީހުން ޕޮޒިޓިވްވިއިރު، ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

69%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް