ads
ކޮވިޑް---
ވެކްސިން ފުރިހަމަ ކުރި މީހުން ކަރަންޓީނުން ދޫކޮށްލަނީ
ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން ރަށްރަށަށް ގޮސް ކަރަންޓީނުގައި ތިބި މީހުން ކޮވިޑް 19 އަށް ޓެސްޓްކޮށް ނެގެޓިވް ވެއްޖެ ނަމަ، އެމީހުން ކަރަންޓީނުން ދޫކޮށްލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ނެގެޓިވް ޕީސީއާރު ޓެސްޓް އަކާއިއެކު ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް ވަނީ އިއްޔެ އިތުރު ލުއިދީފައެވެ. ނަމަވެސް ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ވާން ޖެހޭނެއެވެ.

އެޗްޕީއޭއިން މިއަދު ވިދާޅުވީ، މިހާރު ހޯމްކަރަންޓީނުގައި ތިބި ފަރާތްތަކާއި މި ފަރާތްތަކާއެކު ދަތުރުކޮށް ކަރަންޓީނުގައިތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންވެސް ޕީސީއާރް ޓެސްޓު ހަދައި، ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑް-19 އިމަޖެންސީ ޔޫސް ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގެ ހަތް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުން  އެފަރާތްތައް ވެސް ކަރަންޓީނުން ދޫކުރެވޭނެ ކަމަށެވެ.

ކޮވިޑަށް މާލެއިން ޕޮސިޓިވްވާ އަދަދު ދަށްވުމާއި ގުޅިގެން އާންމުންނަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ސިނަމާތައް ހުޅުވުމާ އަދި މާލޭގެ ކާފިއު އެއްކޮށް އުވާލަން ނިންމި ނިންމުން ފާހަގަ ކުރެއެވެ. ދެވުނު ލުއިތަކައެކު ރަށް ރަށައް ދެވޭގޮތް ހަދާފައިވުމުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޗުއްޓީ ހޭދަކޮށްލުމަށް ޓަކައި އަތޮޅުތެރެއަށް ދަތުރުކުރަމުންނެވެ. 

އެހެންނަމަވެސް އަތޮޅުތެރޭގެ ބައެއް ރަށް ރަށް އޮތީ ކޮވިޑްގެ ހާލަތު ގޯސް ވުމާއިގުޅިގެން މޮނީޓަރިންއަށް ލެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް