ads
މާސްކް އަޅައިގެން ޒުވާނުން މަގުމަތީގަ
މާސްކް ނާޅާ އުޅެވޭނެ ތަންތަނުގެ ލިސްޓް ފުލުހުން އާންމު ކޮއްފި
މާސްކް ނާޅާ އުޅެވޭނެ ތަންތަނުގެ ލިސްޓް ޕޮލިހުން އެމުއައްސަސާގެ އޮފިޝަލް ޓުވިޓާ ހޭންޑަލްގައި އާންމު ކޮށްފިއެވެ.
Advertisement

ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ރަނގަޅު ވަމުން އަންނާތީ އެކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންނަނީ ގިނަ ލުއިތަކެއ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ގިނަ ލުއިތަކެއް ދީ އަޅާފައި ހުރި ހަރުށި ފިޔަވަޅުތައް އުވާލަމުންނެވެ. 

މިއަދު ފުލުހުން ކުރި ޓުވީޓެއްގައި ވަނީ އާއްމުންނަށް މާސްކް ނާޅާ އުޅެވޭނެ ތަންތަނުގެ ލިސްޓެއް އާންމުކޮށްފައެވެ. ނަމަވެސް އެލިސްޓް އޮތީ ހުހަށެވެ.

އެލިސްޓު އާންމުކުރުމަށް ފުލުހުން ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އަންނާތީ ގިނަ ބަޔަކު މަޖާކޮށް ސަކަރާތް ޖަހާލަން ތައްޔާރުވަމުން އަންނަ އިރު ކަސްރަތައް ނިކުންނަ ފަރާތައް ފިޔަވާ މާސްކު ނާޅާ އުޅެވޭނެ އާއްމުތަންތަނުގެ ލިސްޓް އާންމު ކުރާ ކަމަށެވެ. 

ފުލުހުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އެންމެންވެސް މާސް އަޅައިގެން އުޅުމަށް އިލްތިމާސް ކޮށްފައެވެ.

މެއި މަހުގެ ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެން ދިޔުމާއި ގުޅިގެން އޭރު އިއުލާންކުރި ހަރުކަށި ކާފިއު މިހާރު އުވާލަން ނިންމާފައިވާތީ ދޭން ނިންމާފައިވާ ބޮޑެތި ލުއިތައްވަނީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވާފައެވެ.

48%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
39%
ވަރަށް ސަލާމް
ކޮމެންޓްސް