ads
ޑެންމާކްގެ ކީޕަރު ކެސްޕާ
ޑެންމާކް ކީޕަރަށް އަމާޒުކޮށް ލޭޒަރު ލައިޓް ބޭނުންކުރި މައްސަލަ ޔޫއެފާއިން ބަލަނީ
ޑެންމާކް ކީޕަރަށް އަމާޒުކޮށް ލޭޒަރު ލައިޓް ބޭނުންކުރި މައްސަލަ ޔޫއެފާއިން ބަލަން ނިންމައިފި އެވެ.
Advertisement

ރޭ ޑެންމާކާއި ދެކޮޅަށް އިންގްލޭންޑް ކުޅުނު ޔޫރޯ 2020ގެ ސެމީ ފައިނަލް މެޗުގައި ޑެންމާކްގެ ގޯލް ކީޕަރު ކެސްޕާގެ ލޮަލަށް އަމާޒުކޮށް ލޭޒަރު ލައިޓް އެޅުވި މައްސަލަ ބަލަން ނިންމާފައިވާއިރު ޑެންމާކްގެ ގައުމީ ސަލާމަށް މަލާމަތްކުރުމުގެ ގޮތުން "ބޫ" ކުރި މައްސަލަވެސް ބަލާނެ ކަމަށް ޔޫއެފާއިން ބުނެފައިވެއެވެ.

ރޭ އިންގްލޭންޑްގެ ވެމްބްލޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އިންގްލޭންޑަށް އިތުރު ވަގުތު ތެރޭގައި ލިބުނު ޕެނެލްޓީ ޖަހަން ތައްޔާރުވެފައި ވަނިކޮށް ޑެންމާކްގެ ކީޕަރު ލޮލަށް އަމާޒްކޮށް ލޭޒަރު އަޅުވާ މަންޒަރު ފެނެއެވެ. ޕެނަލްޓީ އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ނަމަވެސް ޑެންމާކުގެ ކީޕަރު ދިފާކުރިއެވެ. ނަމަވެސް ރީބައުންސް ވެގެން އައި ބޯޅަ ކެޕްޓަން ކޭން ވަނީ ހަމަ ޖެހިލައިގެން ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ. މެޗުން މޮޅުވެ އިންގްލޭންޑް ޓީމު ވަނީ ފައިނަލަށް ގޮސްފައެވެ. 

ޔޫއެފާއިން ބުނީ އެ މައްސަލަ ބަލާނީ ޔޫއެފާ ކޮންޓްރޯލް އަދި އެތިކްސް އެންޑް ޑިސިޕްލިނަރީ ބޮޑީން ކަމަށެވެ. އެމައްސަލައިގައި އިންގްލޭންޑް ޓީމު ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެއެވެ. 

2008ވަނަ އަހަރު އޮތް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިޔޯންގެ ފޭނަކު އޭރު މެންޗެސްޓާ ޔުނައިޓެޑްގެ ފޮވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުކޮށް ލޭޒަރު އެޅުވި މައްސަލައިގައި އެ ކްލަބް ވަނީ 5،000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާކުރަމުން ޔޫއެފާއިން ބުނެފައިވަނީ އެއީ "ކުޅިވަރުގެ ރޫހާއި ހިލާފު"ކަމެއް ކަމަށެވެ. 

ރޭގެ މެޗުގައި އިނގިރޭސި ސަޕޯޓަރަކު ލޭޒަރު ބޭނުންކުރި މައްސަލަ ގިނަ ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ.

އެކަމާގުޅިގެން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ތަރުޖަމާނު ވިދާޅުވީ "ޔޫއެފާއިން އަންނަނީ އެކަންތައް ބަލަމުން، އެއީ އެމީހުން ބަލަން ޖެހޭ މައްސަލައެއް އެކަމަކު އެއީ އަހަރުމެން ބަލަން ބޭނުންވާ މަންޒަރެއް ނޫން." ކަމަށެވެ.

ޖޯންސަން ވަނީ ގައުމީ ސަލާމްގެ ވަގުތުގައި ޓީމުތަކަށް "ބޫ" ނުކުރުމަށް ފޭނުން ކިބައިން އެދިފައެވެ. 

"އަހަރުމެން ބޭނުމެއް ނޫން ފޭނުން ޓީމްތައް "ބޫ: ކުރާކަށް. އަހަރުމެން ބޭނުމީ ފޭނުން ސަޕޯޓުކުރަން އަދި އިހުތިރާމް ކުރުމަށް." ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވިއެވެ.

އިންގްލޭންޑް ފުޓްބޯޅަ ޓީމު 1966ގެ ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް މުބާރާތެއްގެ ފައިނަލަށް ގޮސްފައިވާއިރު، ފައިނަލްގައި އިންގްލޭންޑާއި ދެކޮޅަށް ކުޅޭނީ އިޓަލީ އެވެ.

މަސްދަރު: ދަ ގާޑިއަން

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް