ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި-
ހަމަލާ ހުއްޓުވޭނެ މުހިންމު މައުލޫމާތެއް މާރިޔާއަށް ލިބުނު: ހިއްސާކޮށްފައެއް ނުވޭ!
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް މެންބަރު އިލްޔާސް ލަބީބު ހިއްސާ ކުރެއްވި މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާ ކޮށްފައި އޮތްނަމަ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުން ހުއްޓުވުމުގެ ފުރުސަތު އޮތްކަން އިންކުއަރީ ރިޕޯޓުން ހާމަވެއްޖެ އެވެ.
Advertisement

2021 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ، އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެވާހަކަ މިނިސްޓަރު މާރިޔާ އަރިހުގައި މެއި މަހުގެ ހަތަރުވަނަ ދުވަހު ހިއްސާކޮށްފަ ވަނިކޮށް ފިޔަވަޅެއް ނާޅާ އޮއްވާ ރައީސް ނަޝީދަށް ޓާގެޓުކޮށް ހަަމަލާދިނީ އޭގެ ދެދުވަސް ފަހުން މެއި މަހުގެ ހަވަނަ ދުވަހު އެވެ. 

މިއަދު އާއްމުކުރި އިންކުއަރީ ރިޕޯޓުގައިވާގޮތުން 2021 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ،  އާންމުންގެ މީހެއްގެ ފަރާތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ ވާހަކަ އެގޮތަށް ރައީސް ނަޝީދު އަރިހުގައި ދެންނެވިއެވެެ. ރައީސް ނަޝީދުގެ އިރުޝާ ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި ހިއްސާކުރެއްވުށެވެ. އެ އިރުޝާދާއި އެއްގޮތަށް އިލިޔާސް ހަމަ އެރޭ މިނިސްޓަރު މާރިޔާއަށް ގުޅުއްވި ނަމަވެސް އެރޭ މިނިސްޓަރު ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ޖެހިގެން އާ މެއި މަހުގެ ހަތަރުވަނަ ދުވަހު ހެނދުނު މިނިސްޓަރާއި ގުޅުމުން އެމައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. 

އެެގޮތުން "އަޅުގަނޑު ދެންނެވިން، ރައީސް ނަޝީދު ދުއްވާލަންވެގެން ހަރުކަށި ފިކުރުގެ ބަޔަކަށް ޓާސްކެއް ދީފިއޭ. މިހާރު އެ މީހުން އެ ޓާސްކު ނަގައިފިއޭ. އަޅުގަނޑުގެ ރައްޓެއްސެކޭ މި މައުލޫމާތު ދިނީ. އަޅުގަނޑު ބައްދަލުކޮށްފައިވެސް މި ވާހަކަ އަޅުގަނޑު ކައިރި ދެއްކިއޭ. އަދި އެމީހުން އެ ޓާސްކު ނެގީ ތިން މިލިއަން ޑޮލަރަށް ކަމަށް އަޅުގަނޑު ދެންނެވިން. އަދި މިހާރު އޭނަ ބުނި ގޮތުން އެމީހުން ކުރާ ކަމަކީ، އެޑްވާންސް ޕޭމަންޓް ދިނުމުގެ ނެގޯސިއޭޝަން ކަމަށް" މިނިސްޓަރަށް ދެންނެވިކަމަށް މެންބަރު އިލްޔާސް ލަބީބު އިންކުއަރީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.  

ލިބުނު މައުލޫމާތާއި ގުޅިގެން މިނިސްޓަރުގެ ބަސް

"އިލްޔާސް ލަބީބު ވިދާޅުވީ، ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު މަރާލަން އުޅޭކަމުގެ ވާހަކައެއް ތިމަންނަ ކައިރީގައި މީހަކު ބުންޏޭ. ދެން އަޅުގަނޑު ދެންނެވީ، ފައިސާދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެކޭ. އެހެންވީމާ، ފުލުހުންނަށް ތި ވާހަކަ ހިއްސާ ކުރައްވާށޭ. އެ ނިމުނީ. މާގިނައިރަކު ދެއްކެވި ވާހަކައެއް ނޫން. ހަމަ ވަރަށް ސިމްޕަލްކޮށް މިހެން ވިދާޅުވެފައި ދެން ބޭއްވެވީ." މިނިސްޓަރު މާރިޔާ އިންކުއަރީއަށް ވިދާޅުވެފައިވެއެވެ. 

މާރިޔާ ވިދާޅުވީ ފޯނުކޯލެއް އަދި ފޮލޯކުރެވޭނެ ގޮތެއް އަންގަވާދޭށޭ ވިދާޅުުވުމުން އެ މައުލޫމާތު ލިބޭތޯ ބަލާނަމޭ އިލިޔާސް ވިދާޅުވި ކަމަށެވެ. އަދި ރައީސް ނަޝީދަށް ބައްލަވައްޗޭ ވިދާޅުވިކަމަށާއި އެ ފޯން ކޯލް ހަނދާން ހުންނަ ގޮތަކީ އެއީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ލިބުނު މައުލޫމާތު ފުލުހުންނާއި ހިއްސާކުރިނަމަ ހަމަލާ ހުއްޓުވުމުގެ ފުރުސަތު އޮތް

އެ ފޯން ކޯލުގެ މައުލޫމާތު ނުވަތަ އިންޒާރުގެ މައުލޫމާތު، ޗީފް އޮފް ޑިފެންސް އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސް.ޕީ.ޖީގެ ކޮމާންޑަރާއި، ޑިފެންސް އިންޓެލިޖަންސް ސަވިސްގެ ހިމެނޭހެން އެއްވެސް ފަރާތަކާއި މިނިސްޓަރު މާރިޔާ ހިއްސާކުރައްވާފައި ނުވާކަމަށް އެ ފަރާތްތަަކުން އިންކުއަރީގައި ބުނެފައިވެއެވެ. އެވާހަކަތައް އެހެން އެއްވެސް ފަރާތަކާއި ހިއްސާ ނުކުރީ އެއީ މައުލޫމާތަކަށް ނުވާތީ ކަމަށް މިނިސްޓަރު މާރިޔާ އިންކުއަރީއަށް ވިދާޅުވެފައިވެއެވެ. 

"ހުޅުދޫ ދާއިރާގެ މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯން ކޯލެއް. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ އެމީހެއްގެ ނަމެއް ނުވަތަ ފޮލޯކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ވިދާޅުވިނަމަ" މާރިޔާ އިންކުއަރީއަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެއީ މުހިންމު މައުލޫމާތެއް ކަމަށާއި، އެވާހަކަ އެއްވެސް ފަރާތަކުން ފުލުހުންނާއި ހިއްސާކުރެއްވިނަމަ ރައީސް ނަޝީދަށް ހަމަލާ އެއް ދިނުން ''މިޓިގޭޓް" ކުރުމަށް ''ޑިސްރަޕްޓިވް'' ފިޔަވަޅުތަކެއް އެޅުމުގެ ފުރުޞަތު ބޮޑުވެގެންދިޔައީސް ކަމަށް އިންކުއަރީއަށް މަޢުލޫމާތު ދެއްވި ފުލުހުންގެ ހުރިހާ މާހިރުންވެސް ފާހަގަކޮށްފައިވެއެވެ. 

"ދެން މިމައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވަނީ ހާދިސާ ހިނގި ފަހުން. އޭރުގައި އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބުނުނަމަ ކުރެވިދާނެ ބައެއް ކަންކަން ހުންނާނެ ކަމަށް ގަބޫލުކުރެވޭ. އެއީ މައުލޫމާތު ވެރިފައި ކުރެވޭނެ ޕްރޮސެސްއެއް އޮތް. މައުލޫމާތު ދީފައިވަނީ އެނގޭ މީހެއް. މައުލޫމާތު ދިން ފަރާތުގެ ކޮންމެވެސް ވަރެއްގެ ނޮލެޖެއް އޭނާގެ އޮތް" އިންކުއަރީގައި ފުލުހުންގެ އިސް ފަރާތެއް ބުނެފައިވެއެވެ.

އެހެންކަމުން ހާދިސާ ހިނގުމުގެ ކުރިން އެމައުލޫމާތު ލިިބުނުނަމަ ފުލުހުންނަށް އެޅޭނެ ފިޔަވަޅުތަކެއް އަދި ކުރެވޭނެ ކަންތައްތަކެއް އޮތް ކަމަށް އިންކުއައިރީގައި ފުލުހުންގެ އިސް ފަރާތެއް ބުނެފައިވެއެވެ.  އެމައުލޫމާތު ސީދާ ފުލުހުންނާއި ހިއްސާ ނުކުރެއްވީ ކީއްވެތޯ މިނިސްޓަރު މާރިޔާއާއި ސުވާލުކުރެއްވުމުން ވިދާޅުވެފައިވަނީ، ބެއްލެވީ އެމައުލޫތު ފުލުހުންނާއި އިލިޔާސް ހިއްސާކުރައްވާނެ ކަމަށް ކަމަށާއި ފުލުހުންނާއި ހިއްސާކުރުމަށް މެންބަރު އިލިޔާސް ކައިރީ ދެންނެވި ކަމަށެވެ. އެހެންނަމަވެސް މެމްބަރު އިލިޔާސް ވިދާޅުވީ، މާރިޔާ އޭނާ ކައިރީ ފުލުހުންނާއި ހިއްސާކުރެއްވުމަށް ދަންނަވާފައި ނުވާ ކަމަށެވެ. 

ރައީސް ނަޝީދަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ހިމާޔަތް ދޭންޖެހޭ އަދި ތްރެޓްސް ލެވެލް ބޮޑު ބޭފުޅަކަށްވާއިރު މިނިސްޓަރު މާރިޔާއަށް އެފަދަ ގޮތަކަށް ލިބޭ މައުލޫމާތައް އަހުއްމިއްޔަތުކަން ނުދީ ދޫކޮށްލައިގެން ނުވާނެކަމަށް އިންކުއަރީގައި ފާހަގަކޮށްފައިވެއެވެ. 

13%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް