އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ވާނީ ސިނަމާތަކުގައި ނާޅުވައި، ޑިޖިޓަލްކޮށް ޕްރީމިއާ ކުރާ އަޖޭގެ ފުރަތަމަ ފިލްމަށެވެ. މި މަހުގެ 12 ވަނަ ދުވަހު ޓްރެއިލާ ވެސް އާންމުކުރަން ހަމަޖެހިފައިވާ "ބޫޖް" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ހިނގި ހަނގުރާމައިގެ މުހިއްމު ހާދިސާތަކެއް ފެންނާނެ ފިލްމެއް ކަމަށް ވެ އެވެ.
މީގައި އަޖޭ ކުޅެފައި ވަނީ އޭރުގެ ކުޅަދާނަ އަަސްކަރީ އޮފިސަރެއް ކަމަށްވާ ސްކޮޑްރަން ލީޑަރު ވިޖޭ ކުމާރު ކަރްނިކްގެ ރޯލެވެ. "ބޫޖް"ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ އާއި ނޯރާ ފަތެހީ އާއި ޝަރަދު ކެލްކަރާއި އައްމީ ވާކް އާއި ޕްރަނީތާ ސުބާޝް އަދި އިހާނާ ދިލަން ހިމެނެ އެވެ.
އަޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ