ads
ޑރ. ޝަހީމް އަލީ ސައީދު -- ފޮޓޯ: ރައީސް އޮފީސް
ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގެ ވެބްސައިޓް ލޯންޗުކޮށްފި
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. .މުހައްމަދު ޝަހީމް އަލީ ސައީދު އޭނާ ގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

މިކަން އިއުލާނުކޮށް ޑރ.ޝަހީމް ވަނީ ޓްވީޓެއް ކުރަށްވާފައެވެ. އެ ޓްވީޓުގައި ޝަހީމް ވިދާޅުވެފައިވަނީ މާތް ﷲ ގެ އިސްމުފުޅުގެބަރަކާތުން ޑރ. ޝަހީމްގެ ރަސްމީ ވެބްސައިޓް އިފްތިތާހުކުރާކަމަށާއި އަޒުމަކީ އެވެބްސައިޓް މެދުވެރިކޮށް އިލްމު ފަތުރައި އިސްލާމީ ހަޟާރަތަށް ހިދުމަތްކުރުން ކަމަށެވެ.

ޑރ.ޝަހީމްގެ ރަސްމީ ވެބްސައިޓުގައި އޭނާ  ލިޔުއްވާފައިވާ އާޓިކަލްތަކާއި، ކުޑައިރުގެ ހަދާންތަކާއި، އޭނާ އަރަބި ބަހުން ލިޔުއްވާފައިވާ އާޓިކަލްތަކުގެ އިތުރުން އޭނާ ލިޔުއްވާފައިވާ ބައެއް ފޮތްތައްވެސް ހިމެނެއެވެ. 

ޑރ. ޝަހީމް އޭނާގެ އެންމެ ފުރަތަމަ ޑިގްރީ ނަންގަވާފައިވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މަދީނާއިންނެވެ.  މާސްޓާސް ޑިގްރީ އަދި ޑޮކްޓަ އޮފް ފިލޯސަފީ ހެއްދެވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިޔާ އިންނެވެ     

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީއާ ގެ ޑީން ކަން 2010 ވަނަ އަހަރުންފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް ކުރައްވާފައިއެވެ. މީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގެ ވައިސް ޗާންސެލާކަމާއި، ޗާންސެލާކަން ވެސް ކުރައްވާފައިއެވެ. އަދި ސައުދީ އަރަބިއްޔާގައި ހުންނަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް