ads
ކަރީނާ ކަޕޫރް
ކަރީނާ ކަޕޫރްގެ "ޕްރެގްނެންސީ ބައިބްލް" ނެރެނީ
ބޮލީވުޑްގެ މައްޝޫރު ތަރި ކަރީނާ ކަޕޫރްގެ "ޕްރެގްނެންސީ ބައިބްލް" ކިޔާ ފޮތެއް ނެރެންތައްޔާރުވެއްޖެވެ.

ބޮލީވުޑްގެ މައްޝޫރު ތަރި ކަރީނާ ކަޕޫރް "ކަރީނާ ކަޕޫރު ހާންސް ޕްރެގްނެންސީ ބައިބްލް" ކިޔާ ފޮތެއް ނެރޭވާހަކަ އިއުލާން ކޮއްފައިވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓެއްގައެވެ. އޭނާ ބުނެފައިވަނީ މިފޮތުގައި ހިމެނޭނީ  އޭނާގެ މާބަނޑު ދުވަސްވަރު އޭނާއަށް ކުރެވުނު ތަޖުރިބާތަކެވެ. އަދި ކަރީނާގެ ވިސްނުމާއި އިހްސާސްތައް މަންމައެއްގެ ނަޒަރުންނެވެ.

މިފޮތާއިބެހޭގޮތުން ކަރީނާ ކަޕޫރުގެ އިންސްޓަގްރާމްގައި ތިން ޕޯސްޓެއް ކޮއްފައިވެއެވެ. ފުރަތަމަ ޕޯސްޓްގައި ދައްކާލަނީ އަލްޓްރާސައުންޑްގެ ފޮޓޯއެކެވެ. ދެވަނަ ޕޯސްޓްގައިވަނީ ފޮތުގެ ކުރު ވީޑިއޯ ކޮޅެކެވެ. އަދި އެންމެފަހު ޕޯސްޓެއްގެގޮތުގައި ފޮތުގެ ބޭރުގަނޑު ދައްކާލާފައިވެއެވެ. މިފޮތަކީ އެފް.އޯ.ޖީ.އެސް.އައި އާއި  އިންޑިޔާގެ ގައިނޮކޮލޮޖިސްޓުންނާއި އޮބްސްޓެޓިޝަންސް އެޕްރޫވް ކޮއްފައިވާ ފޮތެއްކަމަށް އޭނާ ބުނެފައިވެއެވެ.

 your imageކަރީނާ ކަޕޫރްގެ އިންސްޓަގްރާމް ޕޯސްޓް

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ބުނެފައިވާ ގޮތުގައި މިފޮތަކީ އޭނާއަށް ވަރަށް ހާއްސަ ފޮތެކެވެ. ކަރީނާ ކަޕޫރު މިފޮތް ސިފަކުރައްވަމުން ބުނެފައިވަނީ މިފޮތަކީ ކަރީނާގެ ތިންވަނަ ދަރިކަމަށެއެވެ.

ކަރީނާއަކި ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ހާންގެ އަންހެނުންނެވެ. މިދެތަރިން ކައިވެނީގެ ގޮތުން ގުޅިިފައިވަނީ 2012 ވަނަ އަހަރު އޮކްޓޯބަރު 16 ގައެވެ. މިދެމީހުންގެ ކައިވެންޏަށް އަލަތު ދަރިއެއް ލިބިފައިވަނީ 2016 ވަނަ އަހަރު ޑިސެންބަރު 20 ގައެވެ. އަދި 2021 ވަނަ އަހަރު ފެބްރުއަރީ 21 ވަނަދުވަހު މިދެމީހުންގެ ކައިވެންޏަށް އިތުރު ކުއްޖަކު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް