ads
ވެނީލާ އައިސްކްރީމާއި ޕްލާސްޓިކް ފުޅި
މިފަހަރު ޕްލާސްޓިކް ފުޅި ބަދަލުކުރީ ވެނީލާ ފްލޭވާ އަށް
ސައިންޓިސްޓުން ބޭކާރު ޕްލާސްޓިކް ފުޅި ވެނީލާއަށް ބަދަލުކޮށްފިއެވެ.

ވެނީލާ ފްލޭވާ ހެދުމަށް ބޭނުންވާ މާއްދާއަކީ ގުދުރަތީ ގޮތުން ވެނީލާ ބީންސްގައި ލިބެން ހުންނަ އެއްޗެކެވެ. ދެން ވެނީލާ ހަދަނީ ފޮސިލްފިޔުލް ކަހަލަ ކެމިކަލްގެ ޒަރިއްޔާއިންނެވެ. އަދި މިއީ އާންމުކޮށް 85 އިންސައްތަ ވެނީލާ އުފައްދާ ޒަރިއްޔާވެސް މެއެވެ.

ވެނީލާއަކީ އާންމުކޮށްވެސް އެކިކަހަލަ އުފެއްދުންތަކުގައި ބޭނުންކުރާ އެއްޗެެވެ. އެއީ ކާއެއްޗެއްގައި ރަހަ މީރުކޮށްލަން ވިޔަސް ނުވަތަ ރީތިވާން ބޭނުންކުރާ ސާމާނުގައި މީރުވަސް ދުއްވަން، އަދި އެންމެ ކުޑަމިނުން ގޭތެރެ ސާފުކުރާ އުފެއްދުންތަކުގައިވެސް ގިނަ މީހުނަށް ވެނީލާ ފްލޭވާ ކަމުދެއެވެ.

މިއިން އެނގެނީ އަދުގެ ދިރިއުޅުމުގައި ވެނީލާ ފްލޭވާ އަކީ ގިނަ ބަޔަކު އެއެއްޗަކަށް ލޯބިކުރާ އެއްޗެއްކަމެވެ. އެއާއިއެކު ވެނީލާގެ ޑިމާންޑްވެސް ދުވަހެއް ދުވަހަކަށް މަތިވަމުންދެއެވެ.

މިގޮތުން ތަފާތު ގޮތްގޮތުން ވެނީލާ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން ސައިންޓިސްޓުން ބެލީ ޕްލާސްޓިކުން ވެނީލާ އެޓްރެކްޓް ކުރެވޭތޯއެވެ.

ޕްލާސްޓިކްގެ ޕްރޮޕަޓީ ބަދަލުކޮށް ޕޮލީ އެތިލީން ޓެރެފްތަލީޓުން އޭގެ ބޭސިކް ސަބްޔުނިޓް ކަމަށްވާ، ޓެރެފްތަލިކް އެސިޑަށް ބަދަލުކޮށް ވެނީލާހެދިއެވެ.

ޓެރެފްތަލިކް އެސިޑަކީ ވެނީލާ ހެދުމަށް ބޭނުންކުރާ މާއްދާއެއް ކަމަށްވާ ވެނިލިންގެ ޕްރޮޕަޓީޒް އެކުލެވިގެންވާ މާއްދާއެކެވެ. އަދި މަދު އަދަދެއްގެ ބޭނުންތެރި ބެކްޓީރިއާގެ ޒަރިއްޔާއިން ވެނީލާ އުފެއްދުމަކީ އުނދަގޫކަމެއް ނޫންކަމަށް ސައިންޓިސްޓުން ވަނީ ބުނެފައެވެ.

ވުމާއިއެކު މި އާ އީޖާދާއިއެކު، ކުރިއަށް އޮތް މުސްތަގުބަލުގައި އިންސާނުން ކެއުމަށް ބޭނުންކުރެވޭ ވެނީލާ އައިސްކްރީމް ފަދަ ތަކެއްޗަކީ ޕްލާސްޓިކްގެ އުފެއްދުމަކަށްވުމަކީވެސް ގާތްކަމެކެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް